ރާއްޖޭގެ 1،000 ސިވިލް ސާވެންޓުން އިންޑިއާއިން ތަމްރީނު ކުރަނީ

ޢަލީ ޔާމީން
ފޮޓޯ: 13 ނިއުސް ފޮޓޯ: 13 ނިއުސް

ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ރާއްޖޭގެ 1،000 ސިވިލް ސާވަންޓުން އިންޑިއާގެ ސިވިލް ސާވެންޓުން ތަމްރީން ކުރާ ދަ ނޭޝަނަލް ސެންޓާ ފޯ ގުޑް ގަވާނަންސް (އެންސީޖީސީ)އިން ނިންމައިފިއެވެ.

އިންޑިއާގައި ރާއްޖޭގެ 1،000 ސިވިލް ސާވެންޓުން ތަމްރީން ކުރަން ނިންމިކަން ސިވިލް ސާވިސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް އިބްރާހިން ޒުހޫރު ވަނީ ކަށަވަރުކޮށްދީފައެވެ.

ދެވަނަ ދައުރަކަށް އިންތިހާބުވުމަށް ފަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި މިމަހުގެ 8 ވަނަ ދުވަހުން 9 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ސިވިލް ސާވެންޓުން ތަމްރީން ކުރަން އެމްއޯޔޫއެއްގައި ވަނީ ސޮއިވެސްކޮށްފައެވެ.

ސިވިލް ސާވެންޓުން ތަމްރީން ކުރުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި އީ ގަވާނަންސް، ސާވިސް ޑެލިވަރީ، ޕަބްލިކް ޕޮލިސީ، އައިޓީ، އާބަން ޑިވޮލޮޕްމަންޓް ފަދަ ކަންތައްތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު