ކުރީގެ ނައިބު ރައީސުންނަށް އިނާޔަތް ދިނުމުގެ ބިލު މަޖިލީހުން ބޭރުކޮށްލައިފި

ޢަލީ ޔާމީން

ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތާއި ރައްކާތެރިކަން ދިނުމަށް ކުރީގެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލު އާ މަޖިލީހުން މިއަދު ބޭރުކޮށްލައިފިއެވެ.

އޭދަފުށީ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕޫގެ ލީޑަރ އަހުމަދު ސަލީމް ހުށަހެޅުއްވި އެ ބިލު މިދިޔަ މަޖިލީހުން ފާސްވި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ބިލު ތަސްދީގު ނުކުރައްވައި އަލުން މަޖިލީހަށް ފޮނުވާފަ އެވެ. 

އެބިލު މަޖިލީހުން ބޭރުކޮށްލީ މިއަދު ނެގި ވޯޓުގައި ބައިވެރިވި 80 މެންބަރުންގެ ތެރެއިން 74 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ބިލު ބަލައިގަންނަން ދެ މެންބަރަކު ވޯޓު ދެއްވިއިރު، ވަކިި ގޮތަކަށް ވޯޓު ދޭން ބޭނުންނުވާ ކަމަށް ހަތަރު މެންބަރަކު ވޯޓު ދެއްވި އެވެ. 

ނައިބު ރައީސްކަން ކުރެއްވި ފަސް ބޭފުޅަކު މިހާރު ދުނިޔޭގައި އެބަ ތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު