ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު ސަސްޕެންޑުކޮށްފި

އީމާ މުހައްމަދު ވަހީދު
ފޮޓޯ:ސަން
ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު ސަސްޕެންޑުކޮށްފިއެވެ.

ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތާ ހަވާލުވެގެން ހުންނެވި ހަސަން ޒަހީން ވިދާޅުވީ، ގާޒީ ހަސަން ސައީދު ސަސްޕެންޑް ކުރަން ނިންމީ އެ ކޮމިޝަނަށް ހުށަހަޅައި، ބަލަމުން އަންނަ މައްސަލައެއްގައި ކަމަށެވެ. 

ހަސަން ސައީދު ސަސްޕެންޑް ކުރުމަށް ނިންމީ މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައެވެ. ހަސަން ސައީދު ސަސްޕެންޑް ކުރަން ނިންމީ ޖޭއެސްސީގެ ބައްދަލުވުމުގައި މިއަދު ބައިވެރިވެވަޑައިގެންނެވި ނުވަ މެންބަރުންގެ އިއްތިފާގުންނެވެ. އެ ކޮމިޝަންގައި ތިއްބަވަނީ 10 މެންބަރުންނެވެ. 

މީގެކުރިން އެހެން މައްސަލައެއްގައި ވެސް ހަސަން ސައީދު ސަސްޕެންޑުކޮށްފައިވެއެވެ. ނަމަވެސް އެ މައްސަލަ ބެލުމަށްފަހު އެއްވެސް ފިޔަވަޅެއް އޭނައާ މެދު އެޅި ކަމެއް ޖޭއެސްސީން ބުނެފައެއްނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު