އިންސްޓަގްރާމް ޑައުން ވެއްޖެ

ޢަލީ ޔާމީން

ދުނިޔޭގެ ގިނަ ބައެއް ބޭނުން ކުރަމުން އަންނަ މީސް މީޑިއާ މަންސައެއްކަމުގައިވާ އިންސްޓަގްރާމް ޑައުންވެއްޖެއެވެ.

އެގޮތުން އިންސްޓަގްރާމަށް ފޮޓޯ ޕޯސްޓް ނުކުރެވުމާއި، ސްޓޯރީއަށް ފޮޓޯ ނުލެވުން ފާހަގަވެފައިވާކަމަށް އިންސްޓަގްރާމްގެ ޓީމުން ވަނީ ބުނެފައެވެ.

އިންސްޓަގްރާމް ޑައުންވުމާއި ގުޅިގެން އެތައް މިލިއަން ބަޔަކު ޝަކުވާކުރަމުން އަންނައިރު މީގެ ކުރިންވެސް ފޭސްބުކްގެ އެޕްލިކޭޝަންތައް ކަމަށްވާ، ފޭސްބުކް، އިންސްޓަގްރާމް އަދި ޓްވިޓަރ އެތައް ފަހަރެއްގެ މަތިން ޑައުންވެފައިވެއެވެ.

އިންސްޓަގްރާމްގެ ޓީމުން ބުނީ އެ އެޕްލިކޭޝަނަށް ދިމާވި މައްސަލަ ހައްލުކުރަމުން އަންނަކަމަށާއި ވަރަށް އަވަހަށް އެ މައްސަލަ ހައްލު ކުރެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު