ބްރޮޑްކޮމްއިން ސޮފްވާން ވަކިކުރަން ކޮމެޓީން ނިންމައިފި

ޢަލީ ޔާމީން
ފޮޓޯ: އަވަސް

ބްރޯޑް ކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސް އިސްމާއީލް ސޮފްވާން އެކޮމިޝަންގެ މެންބަރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން މަޖިލީހުގެ މިނިވަން މުއައްސަސަތަކާ ބެހޭ ކޮމެޓީން ނިންމައިފި އެވެ. 

މިދިޔަ ބުދަ ދުވަހު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ބްރޯޑްކޮމްގެ މެންބަރުން ހާޒިރުކުރި އެވެ. ނަމަވެސް އެ ބައްދަލުވުމަށް އެ ކޮމިޝަންގެ މެންބަރު ސޮފްވާން ވަޑައެއް ނުގަންނަވައެވެ. 

ސޮފްވާނާ ގުޅޭ ގޮތުން ކޮމިޓީގެ މެންބަރުން ސުވާލު ކުރެއްވުމުން ބްރޯޑްކޮމްގެ މެންބަރުން ވިދާޅުވީ ސޮފްވާން ވަޒީފާއަށް ނުކުމެވަޑައިނުގަންނަވާ ނުވަ މަސް ދުވަސް ވެއްޖެ ކަމަށާއި ނަމަވެސް މުސާރަ ނަންގަވާކަމަށެވެ.

ބްރޯޑްކޮމް އިން ކޮމިޓީއަށް މިއަދު ފޮނުވި ސިޓީއެއްގައި ވަނީ ސޮފްވާންގެ ހާޒިރީ ފޮނުވާފަ އެވެ. އެ ހާޒިރީގައިވާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ މެދުތެރެއިން ފެށިގެން އޭނާ ވަޒީފާއަށް ނުކުމެވަޑައެއް ނުގަންނަވަ އެވެ.

ކިޔުންތެރިންގެ ހިޔާލު