ފުލުހުން ކުޑަކުއްޖަކަށް އަނިޔާކޮށް، ޕެޕަރ ސްޕްރޭ ޖަހައިފި

ޢަލީ ޔާމީން
ފޮޓޯ: ޖަޒީރާ ނިއުސް ފޮޓޯ: ޖަޒީރާ ނިއުސް

އިސްލާމިކް ޔުނިވާސިޓީ ކައިރީގައި ހުރި ކުޑަކުއްޖަކަށް ފުލުހުން އަނިޔާކޮށް، އެ ސަރަހައްދަށް އެއްވި މީހުންގެ ގަޔަށް ޕެޕަރ ސްޕްރޭ ޖަހައިފިއެވެ.

މަންޒަރުދުށް ފަރާތަކުން "ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެމުން ބުނީ، އެ ކުޑަކުއްޖާއަށް އަނިޔާކޮށްފައިވަނީ އެސްއޯ ދެ ފުލުހުން ކަމަށެވެ. އަދި އެ ކުއްޖާއަށް އަނިޔާ ކުރަން ފެށުމުން ދިފާއުގައި، އެ ކުއްޖާވެސް ފުލުހުންނާއި ކުރިމަތިލި ކަމަަށް އޭނާ ބުނެފައިވެއެވެ.

އޭނާ ބުނީ އެ ކުޑަކުއްޖާ ހަޅޭ ލަވާ އަޑަަށް އެތަނަށް މީހުން އެއްވުމުން އެމީހުންގެ ގަޔަށް އެއްވެސް ބެލުމެއް ނެތި ފުލުހުން ޕެޕަރ ސްޕްރޭ ޖަހައިފައިވާ ކަމަށެވެ.

"އެއްވެސް ބެލުމެއް ނެތި ފުލުހުން ޕެޕަރ ސްޕްރޭ ޖެހީ، އަންހެނުންނާއި ކުޑަކުދިންވެސް އެސަރަހައްދުގައި ތިބި" އޭނާ ބުންޏެވެ.

ފުލުހުން ވިދާޅުވީ ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ހަމަލާ ދިން މައްސަލާގައި ޕެޕާ ސްޕްރޭ ޖަހައި 18 އަހަރު ނުފުރޭ ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިރޭ 9:15 ހާއިރުއެސްއޯ ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް އިސްލާމިކް ޔުނިވާސިޓީ ކަންމަތީގައި ހަތަރު މީހުންގެ ގްރޫޕެއް ތިބުމުން އެ މީހުންނާ ވާހަކަ ދައްކައި އެ ތަނުން ދިޔުމަށް ނަސޭހަތް ދީފައިވާ ކަމަށާއި ނަމަވެސް އެ މީހުން އެ ސަރަހައްދުން ނުދިޔަ ކަމަށެވެ 

އަދި އެ މީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށް ޝައްކު ކުރެވިގެން ބަލައި ފާސް ކުރަން އުޅުމުގެ ތެރޭގައި އެކަކު ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ފުލުހެއް ކޮއްޕާލަފައިވާ ކަމަށާއި އޭނާ ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ދެން ތިބި މީހުން ފުލުހުން ގަޔަށް އަރައިގެންފައިވާ ކަމަށެވެ.

އެތަން ކޮންޓްރޯލު ކުރަން ފުލުހުން ޕެޕާ ސްޕްރޭ ބޭނުން ކޮށްފައިވާ ކަމަށާއި އަދި ވާޖިބަށް ހުރަސް އެޅި މީހާ ހައްޔަރުކޮށްފައިވާ ކަމާށް ފުލުހުން ބުންޏެވެ. އަދި އޭނާ ފުލުހުންގެ މަރުކަޒަށް ގެނެސް ބެލިއިރު އެއީ 18 އަހަރު ނުފުރޭ ކުޑަ ކުއްޖެއް ކަން އެނގުމުން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންނެވެ.

ކިޔުންތެރިންގެ ހިޔާލު
ޢަހުމަދު
ޢަނިޔާ ކުރަން ކީއްތޯ ކުރީ
1828
އެކުއްޖާ ހައްޔަރު ކުރަން އުޅެނީ ފުލުހުންކަން އެނގުނީމައި ދެން ކޮންމެހެން އެއްވުމުގެ ބޭނުމެއް ނެތް. ހަމަ ބަޔަކު އެއްވިޔަސް ފުލުހުން ޕޭޕަރ ސްޕްރޭ ނުޖަހާނެ.
ޖަޒީރާގެ އިދިކޮޅު
ﷲ ކޮންމެ ކަމެއް މޮޅައް ދެނެވޮޑިގެންވޭ
ކުޑަކުދިން
ކުޑަކުދިން ވެސް ރޭގަނޑު ނުނިދާ މަސްތުވެގެން ވައްކަމާ ދެންވެސް ހުރި ނުބައިކަމެއް ކުރަމުންދުވާއިރު ބަލަ އެމީހުނަށްވެސް އަދަބު ލިބެންޖެހޭ. ގައިމު ފާފަ އެޅޭނެ 18 ނުތްވަސް. ސާބަސް ދިވެހި ފުލުހުންނަށް. ތިބޭފުޅުންގެ ވަޒީފާއަދާކުރުމަށް ހުރަސްއަޅަންޏާ ހައްޔަރުވެސް ކުރަންވީ ހަމަ...
ޖަމްބު މޭން
ފުލުހަކު ހަމަ މީހަކު ހައްޔަރުކުރަން އުޅޭއިރަށް ހިސާބުގަނޑު ހުރިހާ އަންހެނުންނާއި ކުޑަކުދިން ގޮސް ޖެހޭތަ ފުލުހުންގެ މުދުނަށް ވަންނަން. ހައްޔަރު ކުރިޔަސް ސަލާމަތެއްނެތް. ނުކުރިޔަސް ސަލާމަތެއްނެތް. ދިވެހިންނަށް ނޯންނާނެ ހަމަ ރަނގަޅު އެއްގޮތްވެސް
ޖޫލީ
ދެން. ލަލަލާ
ކުޑަކުއްޖާ
ކަލޭމެންގެ ކަމަކީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރި ކަމަށް މަސައްކަތް ކުރަންތިބޭ މުއައްސަސާތަކުގެ އަގުވެއްޓުން. މިހާރު މިހެންލިޔާ އާރޓިކަލްއަކުން އަދި ފުލުހުންގެ މުއަށްސަސާގެ އަގެއްނުވެއްޓޭނެ.ރައްޔިތުންނަށް ހަގީގަތް އިގޭ. ތިހެން ތެޅިތެޅި ތިބެންޖެހޭނީ. މިސަރުކާރު ދާނީ ހަމަ ބާރަށް ކުރިޔަށް. ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮއްދޭނެ.
ޞައްދާމު
އަނިޔާ ކޮށްފިއްޔާ ބަދަލު ލިބެން ޖެހޭނެ! އަނިޔާ އެއް ނުކުރެވޭނެ!
އެ
އެވަރު ކަމެށް ވެދާނެ
އާދަނު
ހަބަރު ލިޔާ އިރު ސައްހަ މައުލޫމަތު ހޯދާފަ ލިޔެބަލަ ކުޑަކުއްޖަކައް އަނިޔާ ކުރީނޫން ކަން އެންގޭ ދެން 18 ނުވާ ކުއްޖެއް ބޭނުންހާ ގޮތަކައް އުޅުނީމަ ޕޮލިހުން އޭނަ ދޫކޮއްލަން ވީތަ
ޕަރީ
ކުޑަ ކުދިން ދަންވަރު ބޭރުގަ އުޅޭތަ؟
ކުޑަ ކުއްޖާ ތިކިޔަނީ ކިތައް އަހަރުގެ ކުއްޖެއްތޯ އެއީ؟؟
ކީކޭ ބުނާނީ
ކުޑަ ކުއްޖަކު ވިހާފި ގާޒީ ހުކުމެއް ކުރީމަ ނުހައްގުން ނޭ ވެސް ކިޔާފާނެ. ކުޑަކުދިން ގޮތުގަ ބުނީމަ ބަސް އަހައިގެން އައިނަމަ. ދެން އެކަހަލަ ގަޑިއެއްގަ ވާނުވާ ނޭގޭ މީހުން އެތަނައް އެއްވީމަ ރަގަޅައް އެ އެދީ . ދަރި ގޮވާން ނުޖެހޭ ކައިރި ވާކަށް
އައްޓަމަސް
ފުލުހުން މީހުންހައްޔަރުކުރާތަންބަލަން ދާންޖެހޭތަ؟ އެޔީކުޅިވަރެއްބާ؟ ކުދަކުދިންތިކިޔަނީ ކޮންކަޓޫރައަކުން މިނައިގެން ނޫސްތަކުން ހަމަ ގަވްމުހަލާކުކުރަނީ ދެބޯގެރިދުއްވައިގެން
އަލީކޮ
މީގެ ކުރިން މަގުތަކަށް ނިކުމެ އިއުތިޖާޖޭ ކިޔައިގެން މިގައުމުގެ އަމާންކަން ނަގާލިމީހުންނަށް ސިފައިން ނުގޮތަކަށް ބަލައިލިޔަސް އޮތީ ގޯސްވެފަ، މިހާރު ވަރިހަމަ ތަޅާ ހަފުސްކުރިޔަސް، އެއީ ހަމަ އެމީހުންގެ ޒިންމާ
މުހައްމަދު
ކުޑަޔަސް ބޮޑަސް ފުލުހުންގެ އަމުރަށް ކިޔަމަން ވާންޖެހޭ. ހަމަ މަގުމަތިން ހިނގާފައި ދަނިކޮށް ހައްޔަރުކޮށް ނަހަދާނެ.
އިބޫ
އަޅެކަލޭމެންހިތުން އެކުޑަ ކުއްޖާ ރޭގަނޑު އެހާލަަސްވަންދެން ވަރުބަލިކަމެއްނެތި އަޅުކަމުގަ ހޭލާ އަދި އަމުދުން ލޮޅަށް ނިދިވެސް ނައިސްގެން އުޅެނިކޮށް އެކުއްޖާފަކީރު ގަޔައް ޕެޕަރ ޖަހާ ތަޅާ އަނިޔާކޮށް އަތްފައިބިންދާ ހުޅުހުޅުން އުފުރާ ބަނޑުފަޅާ މޭނަގާ އެހެން ހަނދަން ވާނެތަ ޕޮލިސް ބޯހަލާކު ނުރުހުމުގެ ލޮލަފެންނާނީ މުޅިންވެސް އައިބު ޕޮލިސް ބަރާބަރު ގަދަހަދައްޔާ އަނިޔާވާނެ އޭގެޒިންމާނަގާނީ ގަދަ ހަދާމީހާ ފުލުހުންނެއްނޫން މޮޔަޔާ
ޓައިޓަސް
ގުޑް
ހެޔޮނުވާނެ!
ހަގީގަތް ނޭނގޭ ވާހަކަނުފަތުރާ. ޕޮލިހުން ޗެކް ކުރަން އުޅުމުން އެކުއްޖާ ތަޅައިގަތީ. ދެ ޕޮލިހުން ތިބީ. އެކަމަކު އެކުއްޖާ ހުއްޓުވުން ފިޔަވާ އެއްވެސް ކަމެއް ނުކުރޭ. ތިޔަ ފޮޓޯ އެއްވެސް ނެގީ އެ ގޭންގް ގެ މީހެއް. ޙަބަރު ލިޔާ އިރު ތަންކޮޅެއް ޒިންމާ ވާން އެބަ ޖެހޭ ލިޔާ މީހުންވެސް!!
ހެޔޮނުވާނެ!
ހަގީގަތް ނޭނގޭ ވާހަކަނުފަތުރާ. ޕޮލިހުން ޗެކް ކުރަން އުޅުމުން އެކުއްޖާ ތަޅައިގަތީ. ދެ ޕޮލިހުން ތިބީ. އެކަމަކު އެކުއްޖާ ހުއްޓުވުން ފިޔަވާ އެއްވެސް ކަމެއް ނުކުރޭ. ތިޔަ ފޮޓޯ އެއްވެސް ނެގީ އެ ގޭންގް ގެ މީހެއް. ޙަބަރު ލިޔާ އިރު ތަންކޮޅެއް ޒިންމާ ވާން އެބަ ޖެހޭ ލިޔާ މީހުންވެސް!!
ހިޔާލު
ފުލުހުންތެރޭގަވެސް އުޅޭނެ ފިސާރިބަޔަކު އެމީހުން ކަމެއްކުރަނިކޮށް ބަލާލިޔަސް ހުރަސްއެޅިކަމައްވޭ. މާފަންނު މަގެއްމަތީ އަހަރެން ހުއްޓާ ކީއްވެފައިހޭ ކިޔާފައި ބުނީ ޖިޕައްއަރާށޭ ގެންގޮސްބޭލީ ހެންވޭރު އަތިރިމައްޗަށް، ދެކޮޅައްވެސް ވާހަކަ ދައްކަބަލަ
މަ
ކޮންމެ ކަމެއް ކުރިޔަސް އަނިޔާ ކުރާކަށް ނުޖެހޭ...ޕޮލިހުން ކަމެއް ކުރިޔަސް ނުވޭ ކަމެއް ކުރާ ކަމަކަށް...އެމީހުންނަށް އިންގޭނީ ކާރު ގަންޑުގަ ދެކޮޅަށް ދެކޮޅަށް އަންހެނުންނަށް ލޯ އަޅަމުން ދުއްވަން....އެނޫން ކަމެއް ކުރާކަށް ނޭންގޭނެ...😡😡