އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ކުރިމަތިލެއްވީ އަލީ އާޒިމް އެކަނި

ޢަލީ ޔާމީން
ފޮޓޯ: ވަން އޮންލައިން

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރަކަށް ކުރިމަތިލެއްވީ މެދުހެންވޭރު ދާއިރާގެ އެމްޑީޕީގެ މެންބަރު އަލީ އާޒިމް އެކަނި ކަމަށް އެޕާޓީން ބުނެފިއެވެ.

އެ ޕާޓީމް މާދަމާ ބާއްވާ ޕާލިމެންޓަރީ ގްރޫޕުގެ އިންތިހާބާއި ގުޅޭ ގޮތުން ނެރުނު އިއުލާނުގައިވާ ގޮތުން، އެ ޕާޓީގެ ޕީޖީ ލީޑަރަކަށް ކުރިމަތިލެއްވީ އަލީ އާޒިމް އެކަންޏެވެ. އަދި ޑެޕިއުޓީ ޕީޖީ ލީޑަރަކަށް ކުރިމަތިލެއްވީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު، ހުސެއިން ޝަހީމްއެެވެ.

އަމީން އާންމުގެ މަޤާމަށް އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން ކުރިމަތި ލެއްވިއިރު، ނައިބުގެ މަގާމަށް ކުރުމަތިލެއްވީ، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު މުހައްމަދު ހުސެއިން ދީދީއެވެ.
ޕާލިމެންޓަރީ ގްރޫޕުގެ ޗީފް ވިޕަކަށް މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކުރިމަތިލައްވާފައިވާއިރު، ވިޕުންގެ ގޮތުގައި ހަތް މެންބަރަކު ކުރިމަތިލައްވާފައިވެއެވެ.

ވިޕުންގެ ގޮތުގައި ކުރިމަތިލެއްވި މެމްބަރުންނަކީ:

  • މޫސާ ސިރާޖު/ ފޮނަދޫ ދާއިރާ
  • އަހުމަދު ހައިތަމް/ މައްޗަންގޯޅީ ދެކުނު ދާއިރާ
  • މުހައްމަދު ނިހާދު/ ފޭދޫ ދާއިރާ
  • އިބްރާހިން މުއިއްޒު/ ހެންވޭރު އުތުރު ދާއިރާ
  • މުހައްމަދު ޝިފާއު/ އިހަވަންދޫ ދާއިރާ
  • ޔާސިރު އަބްދުލް ލަތީފް/ ކުޅުދުއްފުށި އުތުރު ދާއިރާ
  • އަބްދުލް މުޤުނީ/ ތިނަދޫ އުތުރު ދާއިރާ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ އިންތިހާބު އޮންނާނީ މާދަމާ 16:00 އިން 17:00 އަށެވެ.


ކިޔުންތެރިންގެ ހިޔާލު