ރިލްވާންގެ ރިޕޯޓް ނެރޭނީ ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރުމަށް ފަހު: ސުޢޫދު

ޢަލީ ޔާމީން
ފޮޓޯ: އަވަސް

ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުނު މައްސަލައާއި ގުޅިގެން، މަރާލެވިފައިވާ މީހުންނާއި، ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަތައް ތަހުޤީޤު ކުރާ ރިޔާސީ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓް އާއްމުކުރާނީ، އެ މައްސަލައިގައި ތުހުމަތު ކުރެވޭ އެންމެހާ ފަރާތްތައް ހައްޔަރުކުރުމަށް ފަހުގައި ކަމަށް އެ ކޮމިޝަންގެ ރައީސް، އަދި މަޝްހޫރު ޤާނޫނީ ވަކީލް ހުސްނު ސުއޫދު ވިދާޅުވެއްޖެއެވެ.

ސުޢޫދު މިހެން ވިދާޅުވީ، ރިލްވާނުގެ މައްސަލައިގައި ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓު އާއްމު ކުރުމާއި ގުޅޭ ގޮތުން "ވީޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައެވެ.

ނަމަވެސް އެ މައްސަލައާއު ގުޅޭ މާބޮޑު ތަފްސީލެއް ސުޢޫދު ނުދެއްވައެވެ.

ނޫސްވެރިިޔާ އަހުމަދު ރިލްވާން ވަގަށް ނަގައި ގެއްލުވާލި މައްސަލަ އާއި ދީނީ ޢިލުމުވެރިޔާ ޑރ. އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައިގައި ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓު ރައީސުލްޖުމުހޫރިއްޔާއަށް މިހާރު ވަނީ ފޮނުވާފައެވެ.

މަރުތަކާއި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަތައް ތަހުޤީޤު ކުރާ ކޮމިޝަނުން އެންމެ ފަހުން ބުނެފައި ވަނީ ރިލްވާންގެ މައްސަލަ އާއި އަފްރާޝީމްގެ މައްސަލަ ބްލޮގަރު ޔާމީން ރަޝީދު މައްސަލަ ވެސް ގުޅިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު
ހާން ނ
އަސްލު ވާގޮތަކީ ލީގަލް ޕްރޮފެޝަން އަކީ ރާއްޖޭގައި ބަޔަކު ހިންގާ ދުއްކާނެއް ކަހަލަ ކަމެއް. ސަރުކާރު ތަންތަނުން ޕްލޭސްމެންޓް ދެނީވެސް ސާފްލެޔަށް ހެޔޮ އެކައްޗެއް ނޭގުނަސް މުންޑުދަށުން ވަރަށް ފަހަކާއި ޖެހެންދެންވެސް. އެކަމަކު މިހާރު އަންލޮކްވެއްޖެ އެހެންވެ ތެޅެނީ ތިބެގެން. މުޅިމާކެޓް މޮނޮޕލައިޒްކޮށްގެން އުޅުނު ބަޔަކަށް ހަޖަމެއް ނުވާނެ. ހަޤީޤަތަކީ ޤާނޫނުގެ ވެރިކަން ހިނގާ ޤައުމަކަށް ދިވެހިރާއްޖެ ބަދަލުވުމުން ލޯޔަރުން ބޭނުންވާނެ ދަޢުލަތުގެ ހުރިހައި އޮފީހަކަށްވެސް. އެކަމަކު ސިވިލްސާރވިސްކޮމިޝަނުގަ ލަންކާއިން ބިޒިނަސްމެނޭޖްމެންޓް ހަދައިގެން ތިބިމޒިހުން ތިބެގެން ހުރިހައި މުއައްސަސާއެއްގަ އެކަޑަމިކް ކޮލިފިކޭޗަނެއްނެތިވެ ތަޖްރިބާއަށް އެންޓރެނސް ލިބޭ މާސްޓާސް ހަދައިގެންތިބި މީހުން. އަނެއްކޮޅުން ސްޕއރީމްކޯޓުން އިސްލާމްޓީޗަރުންނަށް ވަކާލާތުކުރުމުގެ ހުއްދަދީ މިމީހުންނޫން އެންމެންގެ އަގުވައްޓައިލީ.