"ތިމާ ޢީދު 1440" ބޮލީވޫޑްގެ ތަރިންނާއިއެކު ފުވައްމުލަކުގައި

އީމާ މުހައްމަދު ވަހީދު
ސޭންޑް ރިޕަބްލިކް ސޭންޑް ރިޕަބްލިކް

"ތިމާ ޢީދު 1440"ގެ ނަމުގައި ބޮލީވުޑު ފަންނާނުންނާއި އެކު ޚާއްސަ ޝޯވްއެއް ފުވައްމުލަކުގައި ބޭއްވުމުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.

"ތިމާ ޢީދު 1440"ގެ ނަމުގައި ބޮލީވުޑް ފަންނާނުންނާއިއެކު ބާއްވާ އެ ޝޯ ރާވާ އިންތިޒާމުކުރަނީ "ސޭންޑް ރިޕަބްލިކް ޕްރައިވެޓް ލިމިޑެޓުން" އިންނެވެ.

ސޭންޑް ރިޕަބްލިކާއި ފުވައްމުލަކު ސިޓީ ކައުންސިލާއި ގުޅިގެން ބާއްވާ މިޝޯޥްގައި ރާއްޖޭގެ ސަޤާފަތް ދައްކުވައިދޭ ތަފާތު ކުޅިވަރު ހަރަކާތްތަކާއި، ނެށުމުގެ ހަރަކާތްތަކުގެ އިތުރުން މޯލްޑިވިއަން އައިޑަލްގައި ވިދާލި ގިނަ ލަވަކިޔުންތެރިން ފެނިގެންދާނެއެވެ. މީގެ އިތުރުން ފުވައްމަލުކުގެ ބައެއް ފަންނާނުންގެ ހާއްސަ ހުށަހެޅުންތައް ވެސް ފެނިގެންދާނެއެވެ.

އެ ޝޯގައި ފެނިގެންދާ ބޮލީވުޑްގެ ތަރިންނަކީ، އަދިތްޔާ ނާރަޔަން، އަދި ޕްރިޔަންކާ ޝަރްމާއެވެ. މި ދެ ބަތަލާއިންނަކީ ވެސް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ދެ ތަރިންނެވެ.

މީ ޝޯ ވެގެންދާނީ ފުވައްމުލަކުގައި މިފަދަ ބޮޑުކޮށް ބާއްވާ ފުރަތަމަ ޝޯއަށެވެ. ފެސްޓިވަލްއެއް ގޮތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މިޝޯވްގެ ތެރެއިން އެކި ބާވަތުގެ ވިޔަފާރި ސްޓޯލްތަކާއި، ފުޑް ކޯޓްތައްވެސް ހުންނާނެއެވެ.

އީދާއި ދިމާކޮށް ބޮލީވުޑުގެ ތަރިންނާއި، ރާއްޖޭގެ ފަންނާނުން ބައިވެރިކޮށްގެން މިފަދަ ޝޯވްއެއް ބޭއްވުމުގެ މަޤްޞަދަކީ ފުވައްމުލަކަކީ ފަތުރުވެރިކަން ފުޅާވަމުން އަންނަ ސަރަހައްދަކަށްވެފައި، ފުވައްމުލަކުގެ ގުދުރަތީ ރީތިކަން އިޝްތިހާރުކޮށް ފަތުރުވެރިކަން ފުޅާކުރުމަށް މަސައްކަތްކޮށްދިނުން ކަމަށް ސޭންޑް ރިޕަބްލިކްއިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު