ހުޅުމީދޫ ސިއްހީ މަރުކަޒު ބޮޑުކޮށް ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރުމަށް ބަޔަކާއި ހަވާލުކޮށްފި

އީމާ މުހައްމަދު ވަހީދު
ފޮޓޯ:ހެލްތް މިނިސްޓްރީ ފޮޓޯ:ހެލްތް މިނިސްޓްރީ

އައްޑޫ ސިޓީ ހުޅުމީދޫގެ ސިއްހީ މަރުކަޒުގެ ޖާގަ ބޮޑުކޮށް، މިހާރު ދެމުންގެންދާ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ބަޔަކާއި އެމަސައްކަތް ހަވާލުކޮށްފިއެވެ.

މިއަދު ހެލްތް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ، ފައިމީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއިއެވެ. 

މިނިސްޓްރީ އޮފް ހެލްތްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ، މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރެވެ. އަދި ފައިމީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ފަތުހުﷲ އާދަމެވެ.

ހުޅުމީދޫ ސިއްހީ މަރުކަޒުގެ ޖާގަ ބޮޑުކޮށް ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ އެ މަޝްރޫއަށް ސަރުކާރުން 1،317،465.79 ރުފިޔާ ހަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެ މަސައްކަތް 75 ދުވަސްތެރޭ ނިމޭނެ ކަމަށް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު