ބައްޕަގެ ބެލުމުގެ ދަށަށް ދާން 22 އަހަރުގެ އަންހެނަކަށް ކޯޓުން އަމުރުކޮށްފި

އީމާ މުހައްމަދު ވަހީދު
ފޮޓޯ:މިހާރު ފޮޓޯ:މިހާރު

ބައްޕަގެ ބެލުމުގެ ދަށަށް އުޅުމަށް ދިޔުމަށް 22 އަހަރުގެ އަންހެނަކަށް ކޯޓުން އަމުރުކޮށްފިއެވެ.

އިއްޔެ ފެމިލީ ކޯޓުން އެ އަމުރުކޮށްފައިވަނީ، އުފަން ރަށް ނޫން އެހެން ރަށެއްގައި އުޅެމުންދިޔަ އަންހެނަކަށެވެ.

އެ ހުކުމް ކޮށްފައިވަނީ ސ.ހިތަދޫއަށް ނިސްބަތްވާ އަންހެނަކަށެވެ.

އެ މައްސަލައިގެ ޝަރީއަތުގައި، އެކުއްޖާގެ ބައްޕަ ބުނެފައިވަނީ، އެކުއްޖާ މީހަކާއިވެސް ނުއިނދެ ހުރުމުގެ ސަބަބުން އެކުއްޖާ ހުންނަން ޖެހޭނީ ބައްޕަގެ ބެލުމުގެ ދަށުގައި ކަމަށާއި، އެކުއްޖާއަށް ގެއްލުމެއް ނުވަތަ އަނިޔާއެއް ވެދާނެތީ އާއިލާއިން ބިރުގަންނަ ކަމަށެވެ.

އެ އަންހެން މީހާ ބުނީ، އޭނާ އެރަށަށް ދިޔައީ މަންމަގެ ހުއްދައާއިއެކު ކަމަށާއި އަދި، އެހެން ރަށަކަށް ގޮސް އުޅެނީ ކައިވެންޏެއް ކުރަން ކަމަށެވެ. ބައްޕަގެ ބެލުމުގެ ދަށަށް ދާން ބޭނުން ނުވާ ކަމަށާއި އެއީ ބައްޕަ އަށް އިތުބާރު ނުކުރާތީ ކަމަށް ވެސް ވަނީ ބުނެފައިވެއެވެ.

ނަމަވެސް ފެމިލީ ކޯޓުން ވަނީ އެ އަންހެން މީހާއަށް ކުރިއަށް އޮތް 5 ދުވަހުގެ ތެރޭގައި ބައްޕަގެ ބެލުމުގެ ދަށަށް ދިއުމަށް އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު
ސަހަރޯ
ބޮޑު ވެފަ ހުރި އަންހެން ދަރި ބައްޕައަށް އިތުބާރު ނުކުރާ ކަމަށް ބުނާ އިރު ބައްޕަ ކައިރިޔަށް ދާން ހުކުމް ކުރުމަކީ ބަލައިގަނެވޭނެ ކަމެށް ނޫން
ބަލަމާ
ބައްޕައަށް އިތުބާރު ނުކުރެވެނީ ކީއްވެބާ. ކީއްވެގެން ބުނި އެއްޗެއްތޯ އޮޅުން ފިލުވުން ވަރަށް މުހިއްމު. މިހާރު ރާއްޖޭގައިވެސް ފާޑުފާޑުގެ ބައްޕައިން އުޅޭ ވިއްޔާ.