ދަރިވަރުންނަށް ގޮތް ނޭނގޭ ގޮތްތަކެއްވާތީ ރައްޔިތުން ނުކުމެ ތުޅާދޫ ސްކޫލު ބަންދުކޮށްފި

ޢަލީ ޔާމީން

ދަރިވަރުންނަށް ގޮތް ނޭނގޭ ގޮތްތަކެއްވާތީ ރައްޔިތުން ނުކުމެ ތުޅާދޫ ސްކޫލު ބަންދުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ތުޅާދޫ ރައްޔިތުން ނުކުމެ ސްކޫލުގައި ތަޅު އަޅުވައިފައިވަނީ އެ ސްކޫލުގައި ރޫހާނީ ކަންތައްތަކެއް އުޅޭ ކަމަށް ބުނެއެވެ.

އަދި ރައްޔިތުން ބޭނުންވަނީ އެ ސްކޫލުގައި ހުރި  ދުވަސްވީ ގަހެއް ކަނޑާލުމަށް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

އެރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ސްކޫލުގައި ރޫހާނީ ކަންކަން ހިނގާތާ 20 އަހަރުވެފައިވީއިރުވެސް އެކަމަށް އެއްވެސް ފިޔަވަޅެއް  އެޅިފައި ނުވުމެވެ.

އެ ރަށުގެ ރައްޔިތަކު "ޖަޒީރާ ނިއުސް" އަށް މައުލޫމާތު ދެމުން ބުނީ އެކަމުގެ ޝަކުވާ ސްކޫލުގެ ޕްރިންސިޕަލްއަށްވެސް އެތައް ފަހަރެއްގެ މަތިން ހިއްސާކޮށްފައިވާނެ ކަމަށާއި ނަމަވެސް އެކަމަށް އެއްވެސް ހައްލެއް ލިބިފައި ނުވާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ޓީމެއް މިކަމާއި ގުޅިގެން ހޮނިހިރު ދުވަހު އެރަށަށް ޒިޔާރަތްކުރުމަށް ވަނީ ހަމަ ޖެހިފައެވެ. ރައްޔިތުން ވަނީ އެ މައްސަލަ ހައްލުކޮށްދޭ ނަމަ އެޑިޔުކޭޝަންގެ ޓީމަށް ތަޅު ހުޅުވާ ދޭނެ ކަމުގެ ޔަގީންކަން އަރުވާފައެވެ. އަދި އެޑިޔުކޭޝަންގެ ޓީމެއް އެރަަށަށް އަންނަ ދުވަހާއި ދިމާކޮށް ސްކޫލުގެ ޕްރިންސިޕަލް މާލެ އަންނަން އުޅޭ ކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ.

ތުޅާދޫ ރައްޔިތުން މިހާރުވެސް ސްކޫލުގައްޔާއި، އެރަށުގެ ކައުންސިލް އިދާރާ ކައިރީ އިހުތިޖާޖު ކުރަމުން ގެންދާއިރު، ރައްޔިތުން ބުނަމުން ގެންދަނީ މިހާރުން މިހާރަށް އެ މައްސަލަ ހައްލުކޮށްދިނުމަށް އެޑިޔުކޭޝަންގެ ޓީމެއް އެރަށަށް ފޮނުއްވައިދެއްވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު
Sameen
މިހާރު އެހެން މާނައެއް ދޭހަވާ ގޮތަކަށް ޚަބަރުގަ މި އޮތީ އެޑިއުކޭޝަންގެ ޓީމް ދާދުވަހާ ދިމާކޮށް ޕްރިންސިޕަލް މާލެ އަންނަ ވާހަކަ
ތިގަސް މަ ބޭނުން
ރޫހުލް ފިދާ
ރޫހާނީ ކަމެެއް އުޅެގެން ގަސް ފަދަ ތަކެތި ކަންޑާ ހެދުމަކުއް އެއީ ހައްލެެއް ކަމުގައި ނުބެލެވޭނެ. ހައްލު ހޯދަން ވާނީ ގުޅުން ހުރި ގޮތްކުން. އެއީ ޤުރުޢާން އާއި ސުންނަތުން. ރުގްޔާ ގެ އެހީގައި. ރުގްޔާ ކުރުމުގައި އިތުބާރު ހިފޭ ރާގީން ލައްވާ ފަރުވާ ލިބިގަތުން ބުއްދިވެރި.
ރޫހުލް ފިދާ
ތިޔަ މައްސަލަ ހައްލު ކުރުމައް އަންނަން އުޅޭ ޓީމަކައް ވިއަސް ރަންގަޅު ކޮއްދެވޭނެ ކަމުގެ ޔަގީން ކަމެއް ނުދެވޭނެ. ސަބަބަކީ ޝިފާ ދެއްވުން ވަނީ ﷲ ސުބުހާނަހޫ ވަތަަޢަލާ އަށް ކަން. އާމުކޮއް ސްކޫލް ފަދަ ތަންތަނަށް ތިފަދަ ކަން ކަން ދިމާވަނީ ވޯޓަށް ސިހުރު ހެދުމުން . ނުވަތަ ކޮންމެވެސް ސަބަބުތަކަކާއި ހުރެ ޝައިތާނުން ވަދެ އެތަނުގައި ދިރި އުޅެމުން ދިއުމުގެ ސަބަބުން. ތިޔަ މައްސަލައިގެ ހަގީގަތް ﷲ ސުބުހާނަހޫ ވަތައާލާ މޮޅަށް ދެނެވޮޑިގެންވޭ.
ތިގަހަކީ ބޮޑު އުނދަގުލެއް