މާފުށީ ޖަލުން ފިލި ގައިދީއަކު ކަނޑުމަތިން ހިފަހައްޓައިފި

ޢަލީ ޔާމީން

މާފުށީ ޖަލުން ރޭ ފިލި ގައިދީއަކު ކަނޑުމަތިން ހިފަހައްޓައިފިއެވެ.

ކަރެންޝަންސްއިން މިއަދު ބުނީ، މާފުށީ ޖަލުން ފިލީ އެ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންދިޔަ ގައިދީއެއް ކަމަށާއި، އޭނާ ފިލީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.

އަދި އޭނާ ހޯދުމަށް ކުރި މަސައްތަކުން އޭނާ ފެނިފައި ވަނީ ކެނޫއެއްގައި ކަނޑުމަތިން ކަމަށެވެ.

ފިލި ގައިދީ އަނބުރާ ޖަލަށް ގެންދިޔައީ މިއަދު ހެނދުނު 6:55 ހާ އިރުއެވެ.

ކަރެކްޝަންސްއިން ވަނީ އެ މަސައްކަތުގައި މާފުށީ ރައްޔިތުންނާއި ފުލުހުންގެ ފަރާތުން އެހީތެރިކަން ލިބިފައިވާ ކަން ފާހަގަކުރައްވައިފައެވެ.  

ކިޔުންތެރިންގެ ހިޔާލު