މިއަދު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ: ސްޓެލްކޯ

ޢަލީ ޔާމީން
ފޮޓޯ: ރާއްޖެ އެމްވީ ފޮޓޯ: ރާއްޖެ އެމްވީ

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓްގެ ޚިދުމަތް މެދުކެނޑޭނެކަމަށް މާލެ އަށް ކަރަންޓް ފޯރުކޮށްދޭ ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން ބުނީ ސްޓެލްކޯއިން މާލެއަށް ކަރަންޓުގެ ޚިދުމަތް ދެމުންދާ 8.9 މެގަވޮޓްގެ އިންޖީނަކަށް ދިމާވެފައިވާ ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓްގެ ޚިދުމަތް މެދުކެނޑޭނެކަމުގައި ކަސްޓަމަރުންގެ މައުލޫމާތައްޓަކައި ދަންނަވާ ކަމަށެވެ. ނަމަވެސް އިންޖީނަށް ދިމާވި މައްސަލަ ހައްލުވާނެ އިރެއް ސްޓެލްކޯއިން ހާމަކޮށްފައެއް ނުވެއެވެ.

މާލެ އަށް ކަރަންޓް މައްސަލަ ދިމާވެފައި ވާއިރު، އަތޮޅުތެރޭގެ ރަށްރަށަށް ވެސް ކަރަންޓްގެ މައްސަލަތައް ދިމާވެ ކަރަންޓް ކެނޑުން ވަނީ އާއްމު ކަމަކަށް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު