ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި

އަބްދުﷲ ޔާމިން
ފޮޓޯ: އަވަސް

ރާއްޖޭގެ މޫސުން ގޯސްވެ ކަނޑު ގަދަވެފައިވާތީ އަދި ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކޮށްފައިވާތީ ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ. 

އެމްއެންޑީއެފުން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރު މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ނުރައްކާތެރި ތަފާތު ހާދިސާތައް ހިނގާފައިވާކަމަށެވެ. އެގޮތުން، ގިނަ އަދަދެއްގެ އުޅަނދު ފަހަރު ފަރަށް އެރުމާއި، އުޅަނދު ފަހަރު ދިޔަވެ އަޑިއަށް ދިއުމާއި އަދި ނަގިލި ކަހައިލައިގެން އުޅަނދު ފަހަރު ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރ އެމްއާރުސީސީއަށް ރިޕޯޓްކޮށްފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

އެހެންކަމުން މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށްފަހު ނޫނީ ދަތުރުތައްނުކުރުމަށާއި، އަދި ލައިފްޖެކެޓާއި މުވާފަލާތީ ނިޒާމާއި ދިޔަހިއްކާ ވަސީލަތްތައް ހުރީ ރަނގަޅަށްތޯ ޗެކްކުރުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ. 

ކިޔުންތެރިންގެ ހިޔާލު