ތިން މީހުން ތިބި ޔޮޓެއް ދިއްފުށިމާދޫ ފަރަށް އަރައިފި

ޢަލީ ޔާމީން

ތިން މީހުން ތިބި ޔޮޓެއް ދިއްފުށިމާދޫ ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގެ "މުނާ" ނަމަކަށް ކިޔާ ޔޯޓްއެއް އެއަތޮޅު ދިއްފުށިމާދޫ ބޭރުގައި އަޅާފައި އޮއްވާ މޫސުން ގޯސްވެ، ވައިބާރުވުމުގެ ސަބަބުން ދިއްފުށިމާދޫ ފަރަށް އަރައި އަޑިއަށްދާ ކަމުގެ  މައުލޫމާތު މިއަދު ފަތިހު 5:35 ހާއިރު ލިބިފައިވާ ކަމަށެވެ.

އަދި ޔޮޓް ދިޔަވާން ފެށުމުން އެވަގިތު ޔޮޓްގައި ތިބި ތިން މީހުން ފަތާފައިގޮސް ދިއްފުށިމާދޫއަށް އަރައިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން މިހާރު އަންނަނީ އެ ޔޮޓް ފުންކުރުމުގެ މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު