އައްސޭރި ޖަލުން ފިލި ޤައިދީއަކު ހޯދައިފި

ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުން ފިލި ޤައިދީއަކު ހޯދާ، އަނބުރާ ޖަލަށް ގެންގޮސްފިއެވެ.
ފުލުހުން ވިދާޅުވީ، މިމަހުގެ 12 ވަނަ ދުވަހުގެ ރޭ 22:08 ހާއިރު، އައްސޭރި ޖަލުން ޤައިދީއަކު ފިލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އަދި ކަރެކްޝަންސްގެ އޮފިސަލުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން ފިލި ޤައިދީ ހޯދައި އަނބުރާ ޖަލަށް ގެނެވިފައިޗާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އެ ޤައިދީ ފެނިފައިވަނީ އެރޭ 22:13 ހާއިރު، އޭނާ ހޯދަމުން ދިޔަ ފުލުހުންނާއި ކަރެކްޝަންސްގެ އޮފިސަލުންނަށް ކަމަށެވެ.
މިލިޔުން ކިޔާލުމުން