ސްނޯކަލިންއަށް ދިޔަ ދެމަފިރިއަކު ގެއްލިގެން ހޯދަނީ

ޢަލީ ޔާމީން
ފޮޓޯ: ބުކިންގ ޑޮކް ކޮމް ފޮޓޯ: ބުކިންގ ޑޮކް ކޮމް

އއ. މޫފުށި ރިސޯޓުން ސްނޯކަލިއަށް ދިޔަ ދެ ފަތުރުވެރިންގެ ހަބަރެއް ނުވެގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފްއިން ބުނީ އެ ދެ ފަތުރުވެރިންގެ ހަބަރެއް ނުވެގެން ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ރިޕޯޓްކޮށްފައިވަނީ މިއަދު 11:19 ގައި ކަމަށާއި ގެއްލިގެން ހޯދަމުން ދަނީ ދެމެފިރިން ކަމަށެވެ.

އެ ދެމަފރިން ހޯދުމަށް ކޯސްޓު ގާޑުގެ ޑައިވަރުން ހޯދުމަށް އެފްއައިސީ ވެލާނާ ލޯންޗްގައި ހަރަކާތްތެރިވަމުން އަންނައިރު އެ ދެމަފިރިން ސްނޯކަލިންއަށް ފޭބީ މޫފުށީގެ ފަޅުތެރެއަށް ކަމަށް އެމްއެެންޑީއެފުން ބުނެއެވެ.

ތަފްސީލް އަންނަނީ

ކިޔުންތެރިންގެ ހިޔާލު