އެމްޑީޕީގެ ފުރަތަމަ ޒުވާނުންގެ ކޮންގްރެސް މިމަހު

އަބްދުﷲ ޔާމިން

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ފުރަތަމަ ޒުވާނުންގެ ކޮންގްރެސް މިމަހު ފަހުކޮޅު ބޭއްވުމަށް ނިންމައިފިއެވެ.

އެގޮތުން އެޕާޓީގެ ޒުވާނުްގެ ކޮންގްރެސް ބޭއްވުމަށް ނިންމާފައިވަނީ އޮގަސްޓް 30 އަދި 31 ވަނަ ދުވަހު ހުޅުމާލެ ހުރަވީ ސްކޫލުގައެވެ. 

މި ކޮންގްރެސްގައި އެޕާޓީގެ ޒުވާނުންގެ ހިތްވަރުގެ އަސާސީ ޤަވާއިދު ފާސްކުރުމާއި އައު ލޯގޯ ފާސްކުރުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. 

ޒުވާނުންގެ ކޮންގްރެސްގެ ޑިރެކްޓާރ އޮފް ކޮންގްރެސްއަކަށް ހަމަޖައްސާާފައިވަނީ އަހުމަދު އީސާ އައިކު އެވެ. 

އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސްގައި ކޮންގްރަސްމަނުންގެ ގޮތުގައި އެ ޕާޓީގައި ތިބި އުމުރުން 18 އަހަރާއި 35 އަހަރުގެ އެކި ފަރާތްތަކުން ބައިވެރިވާނޭކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ. 

ކިޔުންތެރިންގެ ހިޔާލު