ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ލަންކާއަށް

އަބްދުﷲ ޔާމިން
ފޮޓޯ: ރައީސް އޮފީސް ފޮޓޯ: ރައީސް އޮފީސް

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސްރީލަންކާއަށް ފުރާވަޑައިގެންފިއެވެ. 

ރައީސް ސޯލިހް ލަންކާ އަށް ކުރައްވާ ދަތުރުފުޅަކީ އަބިކަނބަލުންނާއި އެކު އީދު ޗުއްޓީއަށް ކުރައްވާ 4 ދުވަހުގެ ދަތުރުފުޅެއްކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. 

އީދު ޗުއްޓީއަށް ރައީސް ލަންކާއަށް ކުރައްވާ ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އާއްދީތަ ދުވަހުގެ ކުރިން ރާއްޖެ ވަޑައިގަންނަވާނޭކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. 

ކިޔުންތެރިންގެ ހިޔާލު