އެމްއާރްއެމް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 މެމްބަރުން ހަމަކޮށްފި

އަބްދުﷲ ޔާމިން
ފޮޓޯ: ވީނިއުސް ފޮޓޯ: ވީނިއުސް

މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 މެމްބަރުންގެ ސޮއި ހަމަކޮށްފިއެވެ.

އެމްއާރްއެމްގެ ސެކްރަޓަރީ ޖެނެރަލް އަބްދުލް އަލީމް "ޖަޒީރާ ނިއުސް"އަށް މައުލޫމާތު  ދެއްވަމުން ވިދާޅުވީ، އެމްއާރްއެމް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 މެމްބަރުންގެ ސޮއި ހަމަވެފައިވާކަމަށެވެ. އަދި ކުރިއަށް މިއޮތް ހަފްތާގެ ތެރޭގައި އެ ފޯމްތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެކަމަށް އަލީމް ވިދާޅުވިއެވެ.

މޯލްޑިވްސް ރިފޯމް މޫވްމެންޓްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން، ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓާރ ޔުމްނާ މައުމޫނަށް ދެއްވާފައިވަނީ މެއި މަހުގެ 27 ދުވަހުއެވެ.  

އެމްއާރްއެމް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ އަދަދަށް މެމްބަރުންގެ ސޮއި ހަމަވެފައިވާއިރު، މިއީ ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފައްދަވާ 3 ވަނަ ޕާޓީއެވެ. 

ކިޔުންތެރިންގެ ހިޔާލު
ޢަފްލާ
މައުމޫން ތި ސިޔާސީ މަސައްކަތް ކުރުމައްވުރެ ލިބިފަވާ އަންހެންހެން ދަރިންނާއި އަނބިމީހާ އައުރަ ނިވާކޮއްފަ ބޭތިއްބުން މާ ހެޔޮކަން ބޮޑުވާނެ ﷲއައްޓަކައި ތިބޭފުޅާގެ ދަރިން ފުރަތަމަ ނިވާ ކޮއްލުން މާރަނގަޅު