ވިއްސާރައިގައި 54 ގެއަކަށް ގެއްލުންވި: އައްޑޫ ސިޓީ ކައުންސިލް

އަބްދުﷲ ޔާމިން
ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ 54 ގެއަކަށް ގެއްލުން ވެފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑު ސިޓީ ކައުންސިލުން ކޮށްފައިވާ ޓްވީޓްތަކެއްގައި ބުނެފައިވަނީ، ވިއްސާރާގައި އައްޑޫސިޓީގެ 54 ގެއެއްގެ ފުރާޅަށް އެކިވަރުގެ ގެއްލުންވެފައިވާކަމަށާއި، އޭގެތެރެއިްނ ބައެއް ގެތަކުގެ ފުރާޅު އެއްކޮށް ހަލާކުވެފައިވާކަމަށެވެ. 

"މީގެ ތެރެއިން 11 ގެއެއްގެ ފުރާޅު މަރާމާތު ކޮށްދިނުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، ބާކީ ގެތަކުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް" އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ ޓްވީޓްގައި ވެއެވެ.

މީގެ އިތުރުން ވެސް އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވަނީ، ވިއްސސާރާގައި ގިނަ ރުށްގަސް ވެއްޓިފައިވާއިރު އޭގެތެރޭގައި 35 ބޮޑެތި ގަސް ހިމެނޭ ކަމަށެވެ. އަދި މިހާރު އެ ގަސްތައް ނަގާ ސާފުކޮށްފައިވާކަމަށްވެސް އެ ކައުންސިލުން މައުލޫމާތު ދެއެވެ. 

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރާގައި އައްޑޫ ސިޓީ އަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، ފުވައްމުލަކު ސިޓީއަށްވެސް ވަނީ ވިއްސާރައިގައި ގެއްލުންތަކެއް ވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު