ދިރާގު ރޯޑް ރޭސް ބޯއިކޮޓް ކުރުމަށް ގޮވާލާ މީސް މީޑިޔާގައި ވަރުގަދަ ކެމްޕޭނެއް ފަށައިފި

ޢަލީ ޔާމީން

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓެލެކޮމިޔުނިކޭޝަން ހިދުމަތް ފޯރުކޮށްދެމުން އަންނަ ދިރާގުން އިންތިޒާމުކޮށްގެން އަންނަ މަހުގެ 20 ވަނަ ދުވަހު ހުޅުމާލޭގައި ބާއްވާ "ދިރާގު ރޯޑް ރޭސް 2019" ބޯއިކޮޓް ކުރުމަށް ގޮވާލާ މީސް މީޑިޔާގައި ވަރުގަދަ ކެމްޕޭނެއް ފަށައިފިއެވެ.

މީސް މީޑިޔާގައި ދިރާގާއި ދެކޮޅަށް ޝުޢޫރު ފާޅުކުރާ ފަރާތްތަކުން ބުނަނީ، ދުވަން ބޭނުން ނުވާ ކަމަށާއި، ބޭނުންވަނީ އަގުހެޔޮ، އަދި އަތްފޯރާ އަގެއްގައި އިންޓެނެޓް ކަމަށެވެ.

ދިރާގާއި މެދު ގިނަ ބަޔަކު ހިތްހަމަ ނުޖެހިފައިވަނީ މިފަހުން އެ ކުންފުނިން ފޯރުކޮށްދެމުން އަންނަ ހިދުމަތް އަޕްޑޭޓް ކުރުމުގެ ތެރޭގައި ބައެއް އެހެން ހިދުމަތްތަކަށް ބުރޫ އަރާފައި ވުމުންނެވެ. ނަމަވެސް ދިރާގުން ވަނީ އަވަސް މުއްދަތެއްގައި އެ މައްސަލަތަކަށް ހައްލެއް ގެނެސްދީފައެވެ.

ދިރާގާއި މެދު ހިތްހަމަ ނުޖެހޭ ފަރާތްތަކުން މިފަހުން ދިރާގުގެ ހެޑް އޮފިސް ކައިރީގައި އިހުތިޖާޖުވެސް ކުރިއެވެ. ނަމަވެސް އެ އިހުތިޖާޖުގައި ބައިވެރިވީ އިނގިލިން ގުނާލެވޭހާ މަދު މީސްކޮޅެކެވެ.

ކިޔުންތެރިންގެ ހިޔާލު