ފަތުވާ ކޮމިޓީން ރާއްޖޭގެ އަންހެނުން ވަނީ ނަޖިހަށް ހަދާފައި: ޖާބިރު

އަބްދުﷲ ޔާމިން

ފަތުވާ ކޮމިޓީން ރާއްޖޭގެ އަންހެނުން ނަޖިހުންނަށް ހަދާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގައި ހަދަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދައިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖޭއެސްސީން ހުށަހެޅި ރިޕޯޓަށް ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ރާއްޖޭގެ ފަތުވާ ކޮމިޓީން ކުއްލިއަކަށް އަންހެނުން ނަޖިހުންނަށް ހަދާފައިވާކަމަށެވެ. އަދި އަންހެނުން ދަށު ދަރަޖައިގެ ބަޔަކަށް ފަތުވާ ކޮމިޓީން ހަދާފައިވާކަމަށާއި، އެހެންކަމުން މަޖިލީހުގައި އިސްލާމީ ފަތުވާގެ ކަންކަމަށް އިސްލާމީ ވަހުދަތު ކޮމިޓީއެއް ހަދަންޖެހޭކަމަށެވެ. އަދި އެކޮމިޓީގެ ރިޔާސަތަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހަމަޖެއްސުމުން ރަނގަޅުވާނެކަމަށް ޖާބިރު ވިދާޅުވިއެވެ. 

ޖާބިރު ވިދާޅުވީ ޒަމާނުއްސުރެވެސް މިރާއްޖެގައި އަދުލުއިންސާފު ލިބުނު ކަމަކަށް ޤަބޫލުނުކުރާކަމަށެވެ. އަދި ރާއްޖެ މިހާރު ދަނީވެސް އަދުލު އިންސާފު ލިބޭގޮތަކަށް ނޫންކަމަށް ޖާބިރު ވިދާޅުވިއެވެ. އެންމެން އަދުލު އިްނސާފުން ބޭރުން "އޮޕަރޭޓް"ކުރާތަނެއްގައި ލިބޭނޭ އަދުލުއިންސާފެއް އޮންނާނެތޯ ޖާބިރު ސުވާލުކުރެއްވިއެވެ.

ޖާބިރު ރައީސް މައުމޫނާއި ދެކޮޅަށް ފުލުހަށް ހުށަހެޅު މައްސަލައަށް އަލިއަޅުވާލާ ވާހަަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ އެމައްސަލަ އިތުރަށް ކުރިއަށް ދާނޭކަމަށް ޤަބޫލުނުކުރާކަމަށެވެ. އަދި އެއީ ރައީސް މައުމޫނަކީ ކޯލިޝަންގެ ޕާޓްނަރަކަށްވެފައި ހޯމް މިނިސްޓަރ އިމްރާނަކީ ހަމަ އެކޯލިޝަންގެ ޕާޓްނަރަކަށް ވުންކަމަށް ޖާބިރު ވިދާޅުވިއެވެ. އެހެންކަމުން އަދުލު އިންސާފު މިރާއްޖެގައި ނުލިބޭނެކަމަށް ވިދާޅުވިއެވެ. ހައްޤުވެސް ލިބެނީ ވަކި ބަޔަކަށްކަމަށް ޖާބިރު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު