މިދިޔަ ހަފްތާގައި ސްޓިކާ ޖަހައިގެން ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދައިފި

ޢަލީ ޔާމީން
ފޮޓޯ: މިހާރު

މިދިޔަ ހަފްތާގައި ސްޓިކާ ޖަހައިގެން ދައުލަތަށް ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.

މެ، 769 ސްޓިކާ ޖަހައިގެން ދައުލަތައް 576750 (ފަސް ލައްކަ ހަތްދިހަ ހަހާސް ހަތްސަތޭކަ ފަންސާސް ރުފިޔާ) ރުފިޔާ ހޯދައި ދީފިއެވެ.

ފުލުހުން މިއަދު އާއްމު ކުރު ތަފާސް ހިސާބަށް ބަލާއިރު މިދިޔަ ހަފްތާގައި 769 ސްޓިކާ ޖަހާފައިވެއެވެ. އަދި ސްޓިކާ ޖަހައިގެން  ދައުލަތައް 576750 (ފަސް ލައްކަ ހަތްދިހަ ހަހާސް ހަތްސަތޭކަ ފަންސާސް ރުފިޔާ) ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ ހަފްތާގެ ތެރޭގައި  47 ވެހިކަލް ޓޯވ ވެސް ކޮށްފައިވެއެވެ.

މިދިޔަ ހަފްތާގައި މާލޭގައި 43 އެކްސިޑެންޓް ހިނގިއިރު، އެކްސިޑެންޓްތަކުގައި އަނިޔާވި މީހުންގެ އަދަދު 13 އަށް އަރައެވެ.

ޤަވައިދުގައި ކަނޑެޅިފައިވާ މިންވަރަށް ވުރެ ބާރަށް ދުއްވުމުގެ 52 މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާއިރު، ފޯނު ނުވަތަ ހެޑްސެޓް ބޭނުން ކޮށްގެން ވެހިކަލް ދުއްވުމުގެ 38 މައްސަލަ އާއި ދުންފަތުގެ އިސްތިއުމާލް ކުރުމުގެ ހަތް މައްސަލަ އާއި ލައިސަންސް ނެތި ދުއްވުމުގެ 140 މައްސަލަ މިދިޔަ ހަފްތާގައި ފުލުހުންގެ ސަމާލުކަމަށް އައެވެ.

ހަފްތާއެއް ތެރޭގައި ފުލުހުން 557 ވެހިކަލް ޗެކް ކޮށްފައި ވާއިރު އަހަރީ ފީ ނުދައްކާ 57 ވެހިކަލެއް ފާހަގަ ކުރެވުނު ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު