ރިލްވާނަށް ފުލުހުންވެސް ފާރަލި، އިންޓެލް މައުލުމާތުތަކަށް ފިޔަވަޅެއް ނާޅާ: ސުއޫދު

އަބްދުﷲ ޔާމިން
ފޮޓޯ: ދަ ޕްރެސް

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނަށް ފުލުހުން ފާރަލާފައިވާކަމަށާއި، އަދި ލިބިފައިވާ އިންޓެލް މައުލޫމާތުތަކަށް ފުލުހުން ފިޔަވަޅު އަޅާފައިނުވާކަމަށް ގެއްލިފައިވާ މީހުނާއި މަރުތައް ތަހުޤީޤު ކުރުމަށް އުފައްދާފައިވާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެއެވެ.

ރިލްވާންގެ މައްސަލައިގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން ހުސްނުއްސުއޫދު ވިދާޅުވީ، މޯލްޑިވްސް ޕޮލިސް ސާވިސުން 24 އޭޕްރިލް 2014 އިން ފެށިގެން 22 ޖޫން 2014 އާއި ހަމައަށް ރިލްވާނަށް ފާރަލަމުން ގޮސްފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބު އެކިބޭފުޅުން އެކި ގޮތަށް ދެއްވާފައިވާކަމަށް ސުއޫދު ވިދާޅުވިއެވެ. 

އެގޮތުން އިންޓެލްގައި މަސައްކަތްކުރާ ފަރާތްތަކުން މައުލޫމާތު ދިފައިވާ ގޮތުގައި، ރިލްވާނަށް ތްރެޓެއް އޮތްކަމަށް ޝައްކުކުރެވޭތީ އަދި ފޭސްބުކް ކަލާލެސް ގްރޫޕުގެ އެޑްމިން ކިޑްނެޕް ކުރުމުން ރިލްވާނަށް އިންޓެލުން ފާރަލަމުން ދިޔައީ ކަމަށް މައުލޫމާތު ދިންކަމަށް ސުއޫދު ވިދާޅުވިއެވެ. އެހެންނަމަވެސް އެ ވާހަކަ ތަކުގައި ފުށުއެރުންތަކެއް ހުރިކަމަށްވެސް ސުއޫދު ވިދާޅުވިއެވެ. އެގޮތުން ފޭސްބުކް ކަލާލެސް ގްރޫޕުގެ އެޑްމިން ކިޑްނެޕް ކޮށްފައިވަނީ ރިލްވާނަށް ފުލުހުން ފާރަލުމަށް ފެށިފަހުންކަން ސުއޫދު ފާހަގަކުރެއްވިއެވެ. އެހެން ކަމުން ފުލުހުން ދިން ޖަވާބު ޤަބޫލުނުކުރެވޭކަމަށް ސުއޫދު ވިދާޅުވިއެވެ.

އަދި ކައުންޓާ ތެރަރިޒަމުން ރިލްވާންގެ މައްޗަށް ފާރަލަމުން އައިސް ފާރަލުން ސިޔާސީ ޕޮލިޓިކަލް (ސިޔާސީ) ސެކްޝަނަށް ބަދަލުކޮށްފައިވާކަމަށް ސުއޫދު ވިދާޅުވިއެވެ. އަދި ރިލްވާނަށް ފާރަލުމަށްޓަކައި ފުލުހުން ކޯޓަށް ހުށަހެޅި ފޯމުގައި، "ރިލްވާން ދައުލަތާއި އިދިކޮޅު ހަރަކާތް ހިންގަމުން ގެންދާތީ އެކަމުގެ ތުހުމަތުގައި ފޯން ކޯލްތައް އަޑުއެހުމުގެ ހުއްދަދިނުމަށް" އެދިފައިވާކަމަ ސުއޫދުވިދާޅުވިއެވެ. 

އަދި މީގެ އިތުރުން 24 ޖޫން 2014 ގައި ފުލުހުންނަށް، ހުޅުމާލޭގައި ސާކިއުލާ ފިކުރުގެ 2 މީހަކު ކިޑްނެޕް ކުރުމަށް މަސައްކަތްކުރަން އުޅޭކަމަށާއި، އަދި އެކަމަށްޓަކައި ލޯންޗެއް ތައްޔާރު ކުރަމުން ދާކަމުގެ  އިންޓެލް ރިޕޯޓް ލިބިފަިއވާކަމަށް ސުއޫދު ވިދާޅުވިއެވެ. 

އެހެން ނަމަވެސް އެގެން އެއްވެސް ކަމަކަށް ފުލުހުން ފިޔަވަޅު އަޅާފައިނުވާކަމަށް ސުއޫދު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު