ރިލްވާން މައްސަލައިގެ ތަހުޤީޤު ރިޕޯޓް ޕީޖީ ލީޑަރުންގެ އަތުން އަތުލައިފި

އަބްދުﷲ ޔާމިން

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި މަރުތައްބަލާ ކޮމިޝަނުން އެކުލަވާލާފައިވާ ޑްރާފްޓް ރިޕޯޓް މަޖިލީހުގެ ޕާލިމަންޓަރީ ގްރޫޕް ލީޑަރުންގެ އަތުން ކުއްލިގޮތަކަށް އަތުލައިފިއެވެ.

ރިލްވާންގެ މައްސަލައިގައި ކޮމިޝަނުން ތައްޔާރު ކުރި ޑްރާފްޓް ރިޕޯޓް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކޮމިޝަންގެ ރައީސް ހުސްނުއްސޫދު ހިއްސާކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އަދި އެ ޑްރާފްޓް ރިޕޯޓް މަޖިލީހުގެ ރައީސް ނަޝީދު ވަނީ ޕީޖީލީޑަރުންނާއި ހައްސާކޮށްފައެވެ. 

މައުލޫމާތު ލިބިފަިއވާ ގޮތުގައި މަޖިލީހުގެ ރައީސް ނަޝީދާއި ހިއްސާކުރި ރިޕޯޓްގައި ސިއްރު ހެކިންގެ މައުލޫމާތާއި ބަޔާންތައް ހިމެނެއެވެ. 

އަދި އެރިޕޯޓް ޕީޖީ ލީޑަރުންގެ އަތުން އަތުލާފައި ވަނީ ހުލާސާ ރިޕޯޓެއް ދެއްވާނޭ ކަމަށް ވިދާޅުވެއެވެ. މައުލޫމާތު ލިބޭ ގޮތުގައި އެރިޕޯޓްގައި ރިލްވާން މަރާލިގޮތްވެސް ހާމަކޮށްފައިވެއެވެ.

އެހެންނަމަވެސް ސުއޫދު މީޑިއާއަށް މައުލުމާތު ދެއްވަމުން ވިދާޅުވީ ރިލްވާން މަރާލާފައިވާކަން ޔަގީން ކުރެވުނަށް މަރާލިގޮތެއް ހެކިންގެ ހެކިބަހުން އަދި ޔަގީންނުކުރެވޭކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު