ރިލްވާން މައްސަލައިގެ ރިޕޯޓްގައި ސިއްރު ހެކި ހާމަކޮށްފައެއް ނެތް: މަޖިލިސް ރައީސް ނަޝީދު

އަބްދުﷲ ޔާމިން

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި، ގެއްލުވާލާފައިވާ މީހުނާއި މަރުތައް ބެލުމަށް ހަދާފައިވާ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ޑްރާފްޓް ރިޕޯޓްގައިި ސިއްރު ހެކި ހާމަކޮށްފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެފަދައިން ވިދާޅުވެފައިވަނީ ރިލްވާން މައްސަލައިގެ ޑްރާފްޓް ރިޕޯޓްގައި ސިއްރު ހެކިންގެ މައުލޫމާތު ހުރިކަމަށްބުނެ ދެކެވެމުންދާ ވާހަކަތަކަށް ރައްދުދެއްވައެވެ. 

"ސިއްރު ހެކި މިރިޕޯޓަކު، ޚުލާސާ ރިޕޯޓަކުވެސް އަދި ޖުމުލަ ރިޕޯޓަކުވެސް ސިއްރު ހެކި ހާމަކޮށްފައެއް ނެތް" މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ. 

އަދި ރިޕޯޓަގައި ހުރީ "ސިއްރު ހެކި 1"، "ސިއްރު ހެކި 2" މިގޮތަށްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި ވިއެވެ. އަދި އެމަނިކުފާނަށްވެސް ސިއްރު ހެއްކަކީ ކޮބައިކަން ނޭންގޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ހުލާސާ ރިޕޯޓް ހިއްސާކުރުމުން ލިބުނު ފައިދާ ބޮޑު ކަމަށް މަރުތައް ބަލާ ކޮމިޝަންގެ ރައީސް ސުއޫދު ވިދާޅުވުމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ހުރިހާ މެމްބަރުނަށް މިހާރު ހިއްސާކޮށްފައިވަނީ ހުލާސާ ރިޕޯޓެއްކަމަށެވެ. އެހެންނަމަވެސް މުޅި ރިޕޯޓް މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ހިއްސާކުރުމަށް ވިސްނަމުން އަންނަަކަމަށްވެސް މަޖިލިހުގެ ރައިސް ނަޝީދު ވިދާޅުވިއެވެ. 


ކިޔުންތެރިންގެ ހިޔާލު