ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވަން އެމްޑީޕީއިން އެދިއްޖެ

ޢަލީ ޔާމީން
ފޮޓޯ: އަވަސް ފޮޓޯ: އަވަސް

ދައުރުން ބޭރުން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ބޭއްވުމަށް އެމްޑީޕީން އެދިއްޖެއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އަލީ އާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 45 ވަނަ މާއްދާގެ ދަށުން ކަމަށެވެ.

ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ހުށަހެޅި ނަމަވެސް އެ ހުށަހެޅުން ހުށަހެއްޅުއްވީ ކީއްވެގެން ކަމެއް މެމްބަރު އާޒިމް ހާމަކުރައްވާފައެއް ނުވެއެވެ.

ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް އެމްޑީޕީން ހުށަހަޅާފައިވާއިރު، މަޖިލީހުގެ ގިނަ މެމްބަރުން ވަނީ ޗުއްޓީއަށް ވަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލިސް މިދައުރަށް ޗުއްޓީއަށް ދިއުމުގެ ކުރިން ބޭއްވި ފަހު ޖަލްސާގައި މަޖިލީހުގެ ރައީސް، އަދި ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މަޖިލިސް ޗުއްޓީއަށް ދިޔަކަމުގައި ވީނަމަވެސް ކޮންމެފަދަ ހާލަތެއްގައިވެސް މަޖިލިސްގެ ޖަލްސާއެއް ބާއްވަން ޖެހިދާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު