އީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޢަލީ ޔާމީން
ފޮޓޯ: އަވަސް ފޮޓޯ: އަވަސް

އިލެކްޝަންސް ކޮމިޝަން، އީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް މިއަދު ރައީސް އޮފީހުން ހުޅުއްވާލައިފިއެެވެ.

ރައީސް އޮފީހުން ކުރި އިއުލާނެއްގައިވަނީ އެކަމަށް އެދި ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ 14:00 އާއި ހަމައަށް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ފުރުސަތު ހުޅުވާލާފައި ވަނީ މިވަނީ އެ ކޮމިޝަނުގެ ނައިބު ރައީސް އަމްޖަދު މުސްތޮފާގެ ދައުރު 24 ނޮވެންބަރު 2019 އަށް ހަމަވާތީއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު