ދައުރުން ބޭރުން ބާއްވާ މަޖިލިސް ޖަލްސާ މާދަމާ

ޢަލީ ޔާމީން
ފޮޓޯ: މިހާރު ފޮޓޯ: މިހާރު

ދައުރުން ބޭރުން ބާއްވާ ރައްޔިތުން މަޖިލީހުގެ ޖަލްސާ މާދަމާ ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ. 

މާދަމާ ހެނދުނު 10:00 ގައި ބާއްވާ ގޮތައް ހަމަޖެހިފައިވާ އެ ޖަލްސާގެ އެޖެންޑާގައިވާ ގޮތުގައި، އެ ޖަލްސާގައި ހަމައެކަނި އޮތީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ފުރަތަމަ ކިއުން އިއްވުމެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ވެރިކަން ކުރާ އެމްޑީޕީއަށް ނިސްބަތްވާ ހެންވޭރު ދެކުނު ދާއިރާ މެމްބަރު ހުސައިން ޝަމީމް (އަދުން ހުސައިން) އެވެ.

މަޖިލީހުގެ ފުރަތަމަ ދައުރު ނިންމައި، ޗުއްޓީއަށް ގޮސްފައިވަނީ، މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އެވެ. ދައުރުން ބޭރުން ޖަލްސާ ބޭއްވުމަށް މިއަދު އެދިފައިވަނީ އެމްޑީޕީގެ ފަރާތުން އެޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރ އަދި އަލީ އާޒިމްއެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު