އަނިޔާވެރި ގޮތަކަށް މަރާލެވުނު އަނަސްގެ މަރަށް އިންސާފު ހޯދައިދޭނަން: ރައީސް

ޢަލީ ޔާމީން
ފޮޓޯ: ސަން ފޮޓޯ: ސަން

ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ވަޅިން ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރާލި ރ.މީދު ފެންފިޔާޒުގޭ މުހައްމަދު އަނަސް މަަރަށް އިންސާފު ހޯއްދަވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިއަދު ރ އަތޮޅު މީދޫއަށް ވަޑައިގަތުމުން، ގިނަ ބަޔަކު ވަނީ ރައީސް އަރިހުގައި އެ މައްސަލަ ބައްލަވައިދެއްވުން އެދި ދަންނަވާފައެވެ.

މީދޫގެ ރައްޔިތުންގެ އެ ވާހަކަ އެއްސެވުމަށްފަހު ރައީސް ޞާލިހް ވަނީ އަނަސްގެ ޢާއިލާއާއި ރަށުގެ ހެޔޮއެދޭ ރައްޔިތުންނަށް ހިތްވަރު ދެއްވައި އެ މައްސަލަ މަރާލެވިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބަލަމުންގެންދާކަން ހާމަކުރައްވައި އަނަސްގެ އާއިލާއަށް އިންސާފު ހޯދައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އަނަސް މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. 

ކިޔުންތެރިންގެ ހިޔާލު