ބަންގަލްދޭޝްގެ މަސައްކަތު މީހުން ރާއްޖެ ގެނައުން މަނާކޮށްފި

ޢަލީ ޔާމީން

ބަންގްލަދޭޝްގެ މަސައްކަތު މީހުން ރާއްޖެ ގެނައުން އިކޮނޮމިކް މިނިސްޓްރީން މަނާކޮށްފިއެެވެ. ބަންގްލަދޭޝްގެ މަސައްކަތްތެރީން ރާއްޖެ ގެނައުން މަނާކޮށްފައިވަމީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވީ މި ނިންމުމުގެ ސަބަބުން ކުރިޔަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ބަންގްލަދޭޝްއިން އެއްވެސް ކަހަލަ "އަންސްކިލްޑް" މަސައްކަތު މީހެއް އެތެރެ ކުރުމަށް މިނިސްޓްރީން ހުއްދައެއް ދޫ ނުކުރާނެ ކަމަށެވެ.

ނަމަވެސް އެހެން މަސައްކަތްތަކަށް ބަންގަލަދޭޝް ރައްޔިތުން ގެނެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ޤަވައިދާއި ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު