ސައިންޓިފިކް ޖާނަލްއެއް ޝާއިއުކޮށް، އޭޑީކޭ ހޮސްޕިޓަލް ތާރީހުގެ ތެރެއަށް!

ޢަލީ ޔާމީން
ފޮޓޯ: ސަން

ރާއްޖޭގައި ފުރަތަަމަ ފަހަރަށް ސައިންޓިފިކް ޖާނަލްއެއް ޝާއިއުކުރާ މެޑިކަލް އިންްޓްޓިއުޝަނަށް އޭޑީކޭ ހޮސްޕިޓަލް ވެއްޖިއެވެ.

ޕެރަޑައިސް ރިސޯޓުގައި މިއަދު ފެށި ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގައި "އޭޑީކޭ ޖާނަލް އޮފް ހެލްތު އެންޑް މެޑިސިން" ވަނީ އިފްތިތާހްކޮށްފައެވެ. އެ ޖާނަލް އިފްތިތާހްކޮށްދެއްވީ ސިއްހަތާއި ބެހޭ ވަޒީރު އަބްދުﷲ އަމީންއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަފްއާލް އަހުމަދު ވިދާޅުވީ، އެ ހޮސްޕިޓަލުން ކުރާ ދިރާސާތަކާއި ހޯދުންތަކުގެ އަލީގައި ރާއްޖޭގެ ސިއްހީ ނިޒާމު އާ ހަރުފަތަކަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"މައިބަދައާ ގުޅޭ އޮޕަރޭޝަންތައް ފަދަ ދާއިރާތަކުން އަޅުގަނޑުމެން ކުރާ ރިސާޗުތައް ދެން ތިބޭފުޅުންނަށް އަޑުއިވިގެންދާނެ. އެއާއެކު މުޅިން ކޮމްޕްލެކްސް އަދި އެޑްވާންސް ހަރުފަތްތަކަކަށް އަޅުގަނޑުމެންނަށް ދެވިގެންދާނެ." އަފްއާލް ވިދާޅުވިއެވެ.

އޭޑީކޭ ހޮސްޕިޓަލަކީ ވެރިރަށް މާލޭގައި ހުރި އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލެވެ. ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ މީހުންގެ އެ ހޮސްޕިޓަލުން ފަރުވާ ހޯދާއިރު،  ދާދި ފަހުން އެ ހޮސްޕިޓަލުން ވަނީ ދިވެހިންގެ ސިކުނޑިއަށް ޖެހޭ ބައްޔާ ބެހޭގޮތުން ދިރާސާއެއްވެސް ކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު