2.9 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އަލީ ޝިފާޒް
ފޮޓޯ: ކަސްޓަމްސް

ވައިގެމަގުން ބަންގުލަދޭޝްއިން ރާއްޖެއައި 36 އަހަރުގެ ފިރިހެނެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ކަސްޓަމްސް އިން ވިދާޅުވީ، 17 ސެޕްޓެމްބަރު ވަނަ ދުވަހު ބަންގުލަދޭޝްއިން ރާއްޖެ އައި މީހަކާއި މެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތެކެތި ފެނިފައިވާކަމަށެވެ. 

ކަސްޓަމްސްއިން ވިދާޅުވީ ފުރަތަމަ މަރުހަލާގައި އެ ތަކެތި ޓެސްޓު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ކެނެބިސްއަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. 

އަތުލައިގަނެވުނު ކެނަބިސްތަކުގައި ޖުމްލަ 3.69 ކިލޯ ހުރި ކަމަށާއި، އެއީ މަގުމަތީގެ އަގުން ބަލާނަމަ 2.9 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑު މަސްތުވާތަކެތިކަމަށްވެސް ކަސްޓަމްސްއިން މައުލޫމާތުދެއްވައެވެ.

މި މަސްސަލައިގައި ޝާމިލްވި މީހާއާއި އަތުލައިގަނެވުނު މަސްތަކެތި މިހާރުވަނީ ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށްވެސް ކަސްޓަމްއިން ވިދާޅުވެއެވެ.

މިއަހަރުގެ މިހާތަށް ކަސްޓަމްސްއިން ވަނީ 28.49 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ.

ކިޔުންތެރިންގެ ހިޔާލު