އެމްޑީއެންގެ ރިޕޯޓު ކިޔައިފިން، ނުރަނގަޅު ކަންކަން އެބަހުރި: ރައީސް ނަޝީދު

ޢަލީ ޔާމީން

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ރިޕޯޓު ކިޔުއްވާފައިވާ ކަމަށާއި އޭގައި ނުރަނގަޅު ކަންކަން އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓެއްގަައި އިސްލާމްދީނާ ދެކޮޅު ވާހަކަތަކެއް ހިމަނާފައިވާ މައްސަލައެއް ފެންމަތިވެެފައިވާއިރު، އެ ރިޕޯޓުގައި އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު ވާހަކަތައް ހިމަނާފައިވުމުގެ އިތުރުން ވަނީ ރަސޫލާ މުހައްމަދުއް ސަލައްލަﷲ އަލައިހި ވަސައްލަމައަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ވެސް ބޭނުންކޮށްފައެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީއެންގެ ރިޕޯޓުގައިވާ ނުރަނގަޅު އެއް ކަމަކީ މާތްﷲ އާއި ކީރިތި ރަސޫލާއާއި ބެހޭގޮތުން އެކަށީގެން ނުވާ ބަސްތަކެއް ގެނެސްފައިވުން ކަމަށާއި އެއީ މުސްލިމުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓުގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން އިސްލާމިކް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފުލުހަށް މައްސަލަ ހުށަހަޅާފައެވެ.  ފުލުހުން ރޭ ވިދާޅުވީ އެ މައްސަލަ އިތުރަށް ތަހުޤީޤު ކުރައްވަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު