އަޑުފޮއްޓާ، ނޭވާ ހޮޅީގެ ކެންސަރެއް އޮޕަރޭޝަންކޮށް ނަގާ އައިޖީއެމްއެޗް ތާރީޚުގެ ތެރެއަށް

އަލީ ޝިފާޒް

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކުގައި އަޑުފޮއްޓާއި، ނޭވާހޮޅީގެ ކެންސަރެއް އޮޕަރޭޝަންކޮށް ނަގައިފިއެވެ.

އިންދިރާ ގާދީ މެމޯރިއަލް ހޮސްޕިޓަލް އައިޖީއެމްއެޗުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އަޑުފޮއްޓާއި، ނޭވާހޮޅީގެ ކެންސަރެއް އޮޕަރޭޝަންކޮށް ކާމިޔާބު ކަމާއެކު ނިންމާލާފައިވަނީ ޑރ. މުޙައްމަދު ޝިފާންއާއި އެ ހޮސްޕިޓަލްގެ ސާޖަރީ ޓީމުންކަމަށެވެ. 


ޑރ. ޝިފާންއަކީ ކެންސަރު އޮޕަރޭޝަން ކުރުމަށް ހާއްސަ ފުރަތަމަ ދިވެހި ޑަކްޓަރެވެ.


ކާމިޔާބުކަމާއެކު މި އޮޕަރޭޝަން ނިންމާލުމުން ގިނަބަޔަކު ދަނީ ޑރ.ޝިފާން އަދި ޓީމަށް މަރުޙަބާ ކިޔަމުންނެވެ. 


ކިޔުންތެރިންގެ ހިޔާލު
އިސްމާޢީލް ޝަފީޤް
ވަރަށް އުފާވި ޚަބަރެއް. މަރުޙަބާ ޑރ. ޝިފާން އަދި އޮޕަރޭޝަން ޓީމް