ރާއްޖެ ވާންވީ ނިއުޔޯކަށް: ޖާބިރު

ޢަލީ ޔާމީން

ރާއްޖެ ވާންވީ ޖަޒީރާ ރާއްޖެއަކަށް ނޫން ކަމަށާއި ދިވެހިރާއްޖެ ވާންވީ ނިއުޔޯކް، ވޮޝިންޓަން ނުވަތަ ސިންގަޕޯރަށް ކަމަށް ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ ބިން އޮތް ރަށްރަށުން ގޯތި ދޫކުރުމަށް ގޮވާލާ މަޖިލީހުގެ ސުޕަރ މެޖޯރިޓީއެއް އޮތް އެމްޑީޕީ އިން މިއަދުގެ ޖަލްސާއަށް ހުށެހެޅި ޤަރާރަށް ބަހުސް ކުރައްވަމުންނެވެ.

ޖާބިރު ވިދާޅުވީ ރާއްޖެއަށް ދިމާވެގެން މިއުޅޭ މައްސަލައަކީ ދުނިޔޭގެ އެހެން ޤައުމުތަކުގައި ކަންކަން ކުރާ ބީދައާއި ހިލާފަށް އެއްވެސް ޕްލޭނެއް ނެތި ކަންކަން ކުރުމުން ދިމާވެގެން އުޅޭ މައްސަލަ ކަމަށެވެ. އަދި ޖަޒީރާ ރާއްޖެއެއްގެ ވާހަކަދައްކައިގެން ރައްޔިތުންނަށް އޮޅުވާލާ 300 އަހަރު ފަހަތައް އަނެއްކާ ރާއްޖެ ދާން ނުޖެހޭ ކަމަށާއި، ޖަޒީރާ ނުކިޔަސް ދިވެހިން އުފަންވެފައިވަނީ ޖަޒީރާ ޤައުމަކަށް ކަމަށް ޖާބިރު ވިދާޅުވިއެވެ.

"ޖަޒީރާ ރާއްޖެއަކަށް ނޫން ވާންވީކީ، ރާއްޖެ ވާންވީ ނިއުޔޯކަށް، ވޮޝިންޓަނަށް، ސިންގަޕޯރަށް. ޖަޒީރާ ނުކިޔަސް ޖަޒީރާ އަށް އުފަންވި ބައެއް އަޅުގަނޑުމެން މިތިބީ." ޖާބިރު ވިދާޅުވިއެވެ.

މީގެ އިތުރުން ޖާބިރު ވިދާޅުވީ ރާއްޖެ ތަރައްޤީ ކުރުމަށް އާބަން ސެންޓަރުތަކެއް ގާއިމް ކުރަންޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު