ޝަހީދުންގެ ހަނދާނުގައި ޤައުމީ ފެންވަރުގެ ބިނާއެއް ޤާއިމް ކުރަނީ

ޢަލީ ޔާމީން

ދިވެހިރާއްޖޭގައި ހިނގާފައިވާ އެކިއެކި ކާރިސާތަކުގަޔާއި، ހާދިސާތަކުގައި ޝަހީދުވެފައިވާ ދިވެހި ދަރިންގެ ހަނދާނުގައި ޤައުމީ ފެންވަރުގެ ބިނާއެއް ޤާއިމުކުރުމަށް ޑިފެންސް މިނިސްޓްރީން ނިންމައިފިއެވެ.

ޑިފެންސް މިނިސްޓރީން ކުރެއްވި އިއުލާނެއްގައި ވިދާޅުވީ. މިފަދަ ބިނާއެއް ޑިޒައިން ކުރުމުގެ މުބާރާތެއްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އޮކްޓޫބަރު 13 ވަނަ ދުވަހުގެ 10:30 ގައި ޑިފެންސް މިނިސްޓްރީގައި ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދޭ ކަމަށެވެ.

އަދި މުބާރާތުގައި ބައިވެރިކުރަން އެދޭ ޑިޒައިން އޮކްޓޫބަރު 24 ވަނަ ދުވަހުގެ 10:00 އަށް ޑިފެންސް މިނިސްޓްރީއަށް ހުށަހެޅުމަށް ދައުވަތު އަރުވާ ކަމަށްވެސް އިއުލާނުގައިވެއެވެ.

ޝަހީދުންގެ ހަނދާނުގައި ބިނާއެއް ހަދާއިރު މިހާރުވެސް ސިފައިންގޭގައި އަދި އިސްކަންދަރު ކޮށީގައި ފުލުހުންނާއި ސިފައިންގެ ހަނދާނީ ބިނާއެއް ހުރެއެވެ.


ކިޔުންތެރިންގެ ހިޔާލު