ރައީސް ޔާމީންގެ ޝަރީއަތް ފަށައިފި

ޢަލީ ޔާމީން
ފޮޓޯ: ސަން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން މައްސަލައިގެ ދައުވާގެ ޚުލާސާ ބަޔާން އިއްވުމަށް ބާއްވާ ޝަރީޢަތުގެ އަޑުއެހުން ފަށައިފިއެވެ.

ކްރިމިނަލް ކޯޓުގައި މިމައްސަލަ ތާވަލް ކޮށްފައި ވަނީ މިއަދު މެންދުރު ފަހު 13:00 އަށެވެ. ނަމަވެސް އެ އަޑުއެހުން ފަށާފައިވަނީ 13:28ގައެވެ.

މިއަދުގެ އަޑުއެހުމުގައި ހުލާސާ ބަޔާން އިއްވުމަށް ފަހު ދެން އިތުރު ކަމެއް ސާފުކުރަން ނުޖެހިއްޖެނަމަ ބާއްވާނީ ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައަޅަން ބާއްވާ އަޑުއެހުމެވެ. ކުށް ސާބިތުވެއްޖެނަމަ އަދަބު ކަނޑައަޅަން އިތުރު އަޑުއެހުމެއް އޮންނާނެއެވެ.

ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލައިގެ ކުށް ސާބިތު ވެއްޖެނަމަ އެ މަނިކުފާނުގެ މައްޗަށް ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު