ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާއާއި ތަކެއްޗާއި އެކު މީހަކު ހައްޔަރުކޮށްފި

ޢަލީ ޔާމީން

މަގުމަތިން ދިޔަ މީހެއްގެ އަތުން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާއާއި، ތަކެއްތީގެ އިތުރުން، މަސްތުވާތަކެތި ފެނިގެން އޭނާ ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މާލެ ޕެޓްރޯލް ކުރަމުންދިޔަ ގަލޮޅު ފުލުހުން މަގުމަތިން ހުއްޓުވި މީހެއްގެ އަތުން ސެމްސަންގ ޓެބްއަކާއި، ސެމްސަންގ ގެލެކްސީ ނޯޓް10 އަދި 6697 ރުފިޔާ އާއި 19000 ރުފިޔާގެ އަގުހުރި ގަޑިއެއް ފެނިފައިވާކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 32 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު