އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ކުދިންގެ ސްކޫލު ހަރަދުތައް ހިލޭ ލިބޭނެ ކަމަށް އައިލެންޑާސް އެޑިއުކޭޝަނުން ބުނެފި

ޢަލީ ޔާމީން

މިދިޔަ މަހު 20 ވަނަ ދުވަހުގެ ރޭ ހެންވޭރު ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި ނުރައްކާތެެރި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ކުދިންގެ ތެރެއިން، އައިލެންޑާސް އެޑިޔުކޭޝަންގެ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް، މިއަހަރުގެ ސްކޫލު ހަރަދުތައް ހިލޭ ލިބޭނެ ކަމަށް އައިލެންޑާސް އެޑިޔުކޭޝަނުން ބުނެފިއެވެ.

މިގޮތައް އައިލެންޑާސް އެޑިޔުކޭޝަނުން ބުނީ، އެ ފަރެާތުން ބެލެނިވެރިންނަށް ފޮނުވި ނޯޓިސްއެއްގައެވެ

އައިލެންޑާސް އެޑިޔުކޭޝަންއަކީ ބައިނަލްއަޤުވާމީ ޕްރައިވެޓް ސްކޫލުތައް ރާއްޖޭގައި ހިންގަމުން އަންނަ ފަރާތެކެވެ. އައިލެންޑާސް އެޑިޔުކޭޝަނުން މާލޭގައި ހިންގާ ސްކޫލުތައް:

  • ބިލަބޮންގް ހައި އިންޓަރނޭޝަނަލް ސްކޫލު ޑެންސިޓީ ކެމްޕަސް
  • ބިލަބޮންގް ހައި އިންޓަރނޭޝަނަލް ސްކޫލު ޑްރީމް ކެމްޕަސް
  •  އަމީރު އަހުމަދު ޕްރީ ސްކޫލު
  • ފިންލޭންޑް އިންޓަރނޭޝަނަލް ސްކޫލު މޯލްޑިވްސް

އައިލެންޑާސް އެޑިޔުކޭޝަނުން ބުނީ އެ ސްކޫލުތަކުގައި ތައުލީމު ހާސިލް ކުރާ ކުދިންގެ ތެރެއިން އަލިފާނުގެ ހާދިސާގައި ގެއްލުންވި ކުދިންނަށް މިއަހަރުގެ އޮކްޓޫބަރ، ނޮވެމްބަރ އަދި ޑިސެންބަރ މަހުގެ ޓިއުޝަން ފީއާއި، ޔުނިފޯމް އަދި ފޮތާއި ކިޔެވުމަށް ބޭނުންވާ އެހެނިގެން ސާމާނު ހިލޭ ހިބޭނެ އިންތިޒާމު ހަމަޖައްސައިފައިވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު