ޔާމީން ރަޝީދު މަރާލި މައްސަލާގައި ހެކިބަސް ދޭން ހެކިވެރިން އިންކާރު ކޮށްފި

ޢަލީ ޔާމީން

އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ބުލޮގަރ ޔާމީން ރަޝީދު މަރުގެ މައްސަލާގައި ހުށަހަޅާފައިވާ ބައެއް ހެކިވެރިން ހެކިބަސް ދޭން އިންކާރު ކޮށްފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑު އެހުމުގައި ސިއްރު ދެ ހެކިން ހާޒިރު ކުރަން އޮތް ނަމަވެސް އެކަކު ހެކި ބަސް ދޭން އުޒުވެރިވާކަމަށް ބުނެ ހާޒިރުވެފައެއް ނުވެއެވެ. ދައުލަތުން ވިދާޅުވީ ސިއްރު ހެކިވެރިޔާ 3 ވެސް ހާޒިރު ވާން އުޒުރުވެރިވާކަމަށެވެ.

ނަމަވެސް ދައުކަތުގެ އެދުމުގެ މަތީން އޭނާ ކޯޓަށް ހާޒިރުވު ނަމަވެސް ހެކިބަސް ދީފައެއް ނުވެއެވެ.

ޝަރީއަތުގެ މަޖިލީސްގައި ސިއްރު ހެކިވެރިވާ 3 ޔާމީން ރަޝީދު މަރާލި ރޭގައި ވީ އެއްވެސް ކަމެއް ހަނދާނުގައި ނެތް ކަމަށެވެ.

ޔާމީން ރަޝީދުގެ މައްސަލައިގައި ދައުލަތުން ވަނީ ސިއްރު ހެކިވެރިޔާ 4 އަދި 7 ވެސް ހާޒިރު ނުކުރަން ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު