ބްރޯޑްކާސްޓިން ކޮމިޝަނުން ޒައިނާ ވަކިކުރަން މަޖިލީހުން ފާސްކޮށްފި

ޢަލީ ޔާމީން

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމުން އެ ކޮމިޝަންގެ ނާއިބު ރައީސް ފާތިމަތު ޒައިނާ ވަކިކުރަން މަޖިލީހުން ފާސްކޮށްފިއެވެ.

ޒައިނާ މެމްބަރުކަމުން ވަކިކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނީ މިމައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީން ބެލުމަށްފަހު އެކުލަވާލައިފާ ރިޕޯޓްގެ މައްޗަށް ރިއާޔަތްކޮށް ވޯޓުގައި ބައިވެރިވި 56 މެމްބަރުންގެ ވޯޓުންނެވެ.

ޒައިނާ އެ މަގާމުން ވަކިކުރަން ފާސްކޮށްފައިވާއިރު، އޭނާ އެ ކޮމިޝަންގެ ނައިބް ރައީސް ކަމަށް އައްޔަންކޮށްފައި ވަނީ، އެ ކޮމިޝަންގެ ނައިބް ރައީސް ކަމުގައި ކުރިން ހުންނެވި އިސްމާއީލް ސޮފްވާން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބުވެސް ވަނީ އެ ކޮމިޝަނުން އިސްތިފާ ދެއްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު
ޣަމަރިއްޔާ
ލިޔުމެއް ކިޔާނިމޭއިރު ވަކިކުރި ސަބަބުބެސް ބުނެނުދެވުނީމަ މިވެސް ވިޔާނެތަ ޙަބަރެކޭ. މިޔައްކިޔާނީ އަމާބުނީ ތީ ފަރަށް ދިޔުން. ވަރަށް ސަލާން ދެން.