ހުޅުމާލެ ހޮސްޕިޓަލުގައި މެމޯގްރަފީގެ ޚިދުމަތް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިފްތިތާޙް ކޮށްދެއްވައިފި

ފާތިމަތު ފަޔާޟާ
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަޙުމަދު މެމޯގްރަފީގެ ޚިދުމަތް، އިފްތިތާޙް ކޮށްދެއްވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަޙުމަދު މެމޯގްރަފީގެ ޚިދުމަތް، އިފްތިތާޙް ކޮށްދެއްވަނީ

ހުޅުމާލެ ހޮސްޕިޓަލުގައި މެމޯގްރަފީގެ ޚިދުމަތް، އިފްތިތާޙް ކޮށްދެއްވައިފިއެވެ. މިޚިދުމަތް އިފްތިތާޙު ކޮށްދެއްވީ އެ ހޮސްޕިޓަލުގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަޙުމަދެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި މި ޚިދުމަތް އިފްތިތާޙް ކުރެވިގެންދިއުމާއެކު އެ ހޮސްޕިޓަލުގައި އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމާއި ފަރުވާގެ ޚިދުމަތް އިތުރަށް ފުޅާވެގެންދާނެއެވެ. ހުޅުމާލެ ހޮސްޕިޓަލުގައި މެމޯގްރަފީގެ ޚިދުމަތް ތަޢާރަފުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެ ހޮސްޕިޓަލުގައި ކެންސަރަށް ފަރުވާ ހޯދަމުންދާ ބަލިމީހެއްގެ އިޙްސާސްތައް ޙިއްޞާކުރެވުނެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި މެމޯގްރަފީގެ ޚިދުމަށް ފެށިފައިމިވަނީ އެހޮސްޕިޓަލުގައި ކެންސަރަށް ފަރުވާދޭނެ އޮންކޮލޮޖީ ޑިޕާޓްމަންޓެއް ޤާއިމްކުރެވިގެންދިޔަތާ 2 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެންނެވެ. މި ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ހުޅުމާލެ ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓާއި އޮންކޮލޮޖީ ޑިޕާޓްމަންޓުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު