ތިމަރަފުށި ދާއިރާއަށް ރިޔާޒާއި މުސްތަފާގެ ކުރިމަތި ލުމެއް

މުހައްމަދު ޝުޖާއު
Flowers

ކިނބިދޫ ދާއިރާގެ މިހާރުގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަބްދުﷲ ރިޔާޒު، ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާނީ ތިމަރަފުށީ ދާއިރާއަށްކަން، ހާމަކުރައްވައިފިއެވެ. 

ޖޭޕީގެ ޓިކެޓްގައި ތިމަރަފުށީ ދާއިރާއަށް އަބްދުﷲ ރިޔާޒު ނިކުންނަވަން ނިންމެވި އިރު، އެމްޑީޕީން އެ ގޮނޑިއަށް ވާދަކުރައްވާނެ ކަމަށް ބެލެވެނީ މިހާރު ވެސް އެދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވާ، މުހައްމަދު މުސްތަފާ (މުސްތަފާބެ) އެވެ. އެހެންކަމަށްވާނަމަ އެ ގޮނޑިއަށް ކުރިމަތިލުން ވެގެން ދާނީ ވަރަށްވެސް ވާދަވެރި ކުރިމަތިލުމަކަށެވެ. މީގެ ކުރިންވެސް ތިމަރަފުށި ދާއިރާ އަކީ މެމްބަރުން ވަރަށް ވާދަވެރިކަމާއިއެކު ކެމްޕެއިން ކޮށްފައިވާ ދާއިރާއެކެވެ.

ތިމަރަފުށި އަދި ވޭމަންޑޫ، މި ދެރަށުގެ މައްޗަށް އެކުލަވާލައިފައިވާ ތިމަރަފުށީ ދާއިރާއަށް ކުރިމަތިލައްވާނެކަން އަބްދުﷲ ރިޔާޒު އިއުލާނުކުރައްވާފައި ވަނީ މިއަދު އޭނާ ކުރެއްވި ޓުވީޓެއްގަ އެވެ.

"މާތްﷲގެ ވާގިފުޅާ އެކު، 2019 ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތިމަރަފުށި/ވޭމަންޑޫ ދާއިރާއަށް ކުރިމަތިލާން އަޅުގަނޑު ނިންމައިފިން. މިދާއިރާގެ އެންމެހައި ލޮބުވެތި ރައްޔިތުންގެ ތާއީދު އަޅުގަނޑަށް ދެއްވުން އެދި އަދަބުވެރިކަމާ އެކު ދަންނަވަން." ރިޔާޒުގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.


Attack Liquid Detergent Plus Softener
ކިޔުންތެރިންގެ ހިޔާލު