އިންފުލުއެންޒާ ރޯގާ އިތުރުވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި

ފާތިމަތު ފަޔާޟާ
އިންފުލުއެންޒާ ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސް ކުރޭ - ޓްވިޓަރ އިންފުލުއެންޒާ ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސް ކުރޭ - ޓްވިޓަރ

އަރިދަފުސް ރޯގާ އާއި އިންފުލުއެންޒާ ފެތުރެމުންދާތީ ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭ އިން ބުނީ މިދުވަސްކޮޅު އިންފުލުއެންޒާ ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ. އެހެންކަމުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަށް އަޅައިގެން ތިބުމަށް އެ އެޖެންސީ އިން އިލްތިމާސް ކުރާ ކަމަށެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ ރޯގާ ޖެހިގެން ތިން ދުވަހަށް ވުރެ ގިނަދުވަސް ވާނަމަ ޑޮކްޓަރަށް ދެއްކުމަށް އެދޭ ކަމަށެވެ.

ރައްކާތެރިވުމުގެގޮތުން އެޅިދާނެ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި ސައިބޯނި ލައިގެން އަތް ދޮވުން، އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ގިނައިން ދިޔާ ތަކެތި ބުއިން، ހުންއައިސް ގައިގަ ރިއްސާ ނަމަ ޕެރެސެޓްމޯލް ނޫން އެހެން ބޭހެއް ބޭނުން ނުކުރުން، އަރިދަފުސް ރޯގާ ޖެހި ތިން ދުވަހަށް ވުރެ ގިނަ ވާނަމަ ޑޮކްޓަރަށް ދެއްކުން، ބަލިވެގެން ޑޮކްޓަރަށް ދައްކާ ނަމަ ބަލިމީހާއާ އެކު ވީހާ ވެސް މަދު މީހުން ހޮސްޕިޓަލަށް ދިއުން އަދި ކެއްސާއިރު އަނގަ އާއި ނޭފަތް ނިވާކޮށްގެން ކެއްސުން ހިމެނެއެވެ.

އިންފުލުއެންޒާއިން ރައްކާތެރިވުމުގެ ގޮތުން ވެކްސިން ޖެހުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު