ދުނިޔެވީ ހަޔާތުގައި އެންމެ ފުރިހަމަ އިރުޝާދާއި މިސާލު ލިބެން އޮތީ ރަސޫލާގެ ހަޔާތްޕުޅުން: ރައީސް ނަޝީދު

ޢަލީ ޔާމީން

ދުނިޔަވީ ހަޔާތް ބިނާކުރުމުގައި އެންމެ ފުރިހަމަ އިރުޝާދާއި މިސާލު ލިބެން އޮތީ، ކީރިތި ރަސޫލާ މުހައްމަދުއް ޞައްލަﷲ ޢަލައިހި ވަސައްމަލަގެ ހަޔާތްޕުޅުން ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިގޮތަށް ވިދާޅުވެފައި ވަނީ، ކީރިތި ރަސޫލާގެ ޢީދު މީލާދުގެ މުނާސަބާގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައި އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

"މި ދުނިޔަވީ ހަޔާތް ބިނާކުރުމުގަވެސް، އެންމެ ފުރިހަމަ އިރުޝާދާއި މިސާލު ލިބެން އޮތީ ކީރިތި ރަސޫލާ (ސ.އ.ވ) ގެ މުޅި ހަޔާތްޕުޅުން" ރައީސް ނަޝީދުގެ ޓްވީޓުގައިވެއެވެ.

ރައީސް ނަޝީދުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި ކުރީގެ ރައީސް،  މައުމޫން އަބްދުލްޤައްޔޫމްވެސް ވަނީރަސޫލާގެ އީދު މީލާދުގެ މުނާސަބާގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު