އެންމެ ރިވެތި ސިފަތައް ފެންނަން އޮތީ ރަސޫލާގެ ހަޔާތްޕުޅުން: ރައީސް

ޢަލީ ޔާމީން

އިންސާނެއްގެ ކިބައިގައި ހުންނަންވީ، އަޚްލާޤީ އެންމެ ރިވެތި ސިފަތައް، ފެންނަން އޮތީ ރަސޫލާ މުހައްމަދުއް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިގޮތަށް ވިދާޅުވެފައި ވަނީ،  ރަސޫލާގެ ޢީދު މީލާދުގެ މުނާސަބާގައި، ދިވެހި ރައްޔިތުންނަށް ތަހުނިޔާއާ ހެޔޮއެދުންތައް އަރިސްކުރައްވައި ފޮނުއްވި މެސެޖުގައެވެ.

މި މެސެޖުގައި ރައީސް ވަނީ އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމް އަޚުންނާއި އުޚުތުންނަށްވެސް، މި އުފާވެރި މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައިފައެވެ.

އެ މެސެޖުގައި ރައީސް ޞާލިހް ވިދާޅުވީ،  ރަސޫލާގެ ޢީދު މީލާދު ފާހަގަކުރާއިރު، އެންމެ ވަރުގަދަ ޢަޒުމަކަށް ހަދަންވީ، ޢާލަމްތަކުގެ ވެރި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުން އެކަލޭގެފާނު ގެނެސްދެއްވި، އެއްކައުވަންތަކަމުގެ ޢަޤީދާގައި ހިތްތައް ސާބިތު ކުރުމަށް ކަމަށެވެ. އަދި ރަސޫލާ ދަސްކޮށްދެއްވި އަހުލާޤުގެ މަތީގައި ފައިތިލަތައް ސާބިތު ކުރުމަށް ރައީސްގެ މެސެޖުގައި ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު