ހުރިހާ ވައްތަރެއްގެ ކެންސަރު ސެލްތައް މަރާލާ ވައިރަސްއެއް ސައިސްވެރިން އުފައްދައިފި

ޢަލީ ޔާމީން

ސައިންސްގެ ރޮގުން ދުނިޔެ މިދަނީ ދުވަހަކަށް ވުރެ ދުވަހެއް ކުރިއަށެވެ. އައު ހޯދުންތަކާއި، އައު އީޖާދުތައް މިދަނީ ދުނިޔެއަށް ތަޢާރަފް ވަމުންނެވެ. ސައިންސްގެ އަލީގައި އެންމެ ބޮޑަށް ކުރިއަށް ޖެހުނު އެއް ދާއިރާއަކީ ސިއްހީ ދާއިރާއެވެ. އެގޮތުން ސައިންސްގެ އެހީގައި އަނެއްކާވެސް މިވަނީ އެދާއިރާގެ ކާމިޔާބީއަށް އިތުރު ބޮޅެއް އިތުރުވެފައެވެ.

އޮސްޓްރޭލިއާގެ ސައިންސްވެރިންގެ ޓީމަކުން މިވަނީ ހުރިހާ ވައްތަރެއްގެ ކެންސަރު ސެލް މަރާލާ ވައިރަސްއެއް އުފައްދައިފައެވެ.

"CF33" ގެ ނަމުން ނަން ދީފައިވާ މިވައިރަސް އަކީ ހުރިހާ ވައްތަރެއްގެ ކެންސަރަކަށް އޮތް ފަރުވާއެއް ކަމަށް އެ ވައިރަސް އުފެއްދި ޕްރޮފެސަރ ޔުމާން ފޮންގް އާއި އޭނާގެ ޓީމުން ބުނެއެވެ.


ޕްރޮފެސަރ ޔުމާން ފޮންގް ބުނެފައިވާ ގޮތުގައި، އެ ވައިރަސް ޓެސްޓް ކުރުމުގެ މަސައްކަތް ކުރާނީ އަންނަ އަހަރުގެ ތެރޭގައެވެ.

"އުރަމަތީގެ ކެންސަރު ޖެހިފައިވާ ބައެއް ބަލިމީހުންގެ އިތުރުން އެހެނިހެން ކެންސަރުތައް ޖެހިފައިވާ މީހުންނަށް އަންނަ އަހަރުގެ ތެރޭގައި މި ފަރުވާ ދެވޭނެ ކަމަށް މި ބަލަނީ" ޕްރޮފެސަރ ޔުމާން ފޮންގް ބުނެފައިވެއެވެ.

ކެންސަރު ބަލީގެ ޝިކާރައަކަށްވެ ކޮންމެ އަހަރަކުވެސް އެތައް ހާސް ބަޔަކު މި ދުނިޔެ ދޫކޮށް ދެއެވެ.

ކިޔުންތެރިންގެ ހިޔާލު
ފާއިޒް
އަލްހަމްދު ލިއްލާހި...
ޫޫދަންތުރަ
ކެންސަރައް ފަރުވާއެއް ލިބޭނޭކަމުގެ އުުންމީދު ލިބުމުންވެސް އުފާވޭ
ޙުސެން ޙަސަން
އަލްޙަމްދު ލިއްލާ ހި
އައިސަދަރި
އަލްޙަމްދުލިﷲ
Groom
އަލްޙަމްދުލިﷲ
ށ
އަލްހަމްދު ލިއްލާހި...
ސޫދާން
އަލްޙަމްދުލިﷲ
އިއްބެ
އަލްހަމްދު ލިއްލާާިހ
ނަސީމު
ވަރަށް އުފާވެރި ހަބަރެއްތި އަލްހަމްދުﷲ
Shahuneena Mohamed
އަލް ހަމްދުލިﷲ
މޮހަދާ
އަލްހަމްދުލިއްލާހި
މުޞްލިޙް
ތި ވައިރަސްގެ ސަބަބުން އިތުރު އެހެން ބަލިމަޑުކަމެއް ނުފެތުރޭނަމަ އަލްޙަމްދުލިއްލާހި.
ހަނާ
އަލްޙަމްދުލިﷲ